Feb 22, 2021
96 Views
Comments Off on ސަފާ ފުރުވާލި މައްސަލާގައި ހާނިމަށް ކުރާ ދައުވާ ކުރިއަށް ގެންދަން ނިންމީ ރަނގަޅަށް: ހައި ކޯޓް
0 0

ސަފާ ފުރުވާލި މައްސަލާގައި ހާނިމަށް ކުރާ ދައުވާ ކުރިއަށް ގެންދަން ނިންމީ ރަނގަޅަށް: ހައި ކޯޓް

Written by


މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ޖަލަށްލި މ. ލޮނުމިދިލިގޭ، އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގް (ސަފާ) ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލާގައި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހާނިމްގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ސަފާ 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް ގައިދީން ބޭރަށް ފޮނުވުމުގެ އުސޫލުތަކާ ޚިލާފަށް ފެބްރުއަރީ، 2014 ގައި ސަފާ ސްރީލަންކާއަށް ފޮނުވި މައްސަލާގައި އޭރުގެ ޑެޕިއުޓީ މިނިސްޓަރު ހާނިމްގެ އިތުރުން އޭރުގެ ކޮމިޝަނާ އޮފް ޕްރިޒަންސް މޫސާ އާޒިމްގެ މައްޗަށް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއް ކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ ނިންމުން ހާނިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދައުވާ ހާނިމްގެ މައްޗަށް ކުރަން މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތު އޮތްގޮތުން ހުރަހެއް ނެތް ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން ލިބޭ ލުއި ހާނިމަށް ލިބިގެންވާ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތަސް، އެއީ ހާނިމްގެ ހައްގަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށާއި މައްސަލަ ނިމޭއިރު ހައްގުތައް ކަށަވަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގައި އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ.
ސަފާ ލަންކާގައި ހުއްޓާ ފަހުން އޭނާ ރާއްޖެ ގެނެސް، އަނބުރާ ޖަލަށްލި އެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ހައި ކޯޓުން ވަނީ އޭނާގެ ޖަލު ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.Source link

Article Categories:
News

Comments are closed.