[bsa_pro_ad_space id=2]
މިއީ ހަމަ ގައިމުވެސް، ދިވެހި ލަވަ އަޑުއެހުންތެރިއެއް ނަމަ، މިއަދުވެސް ކަންފަތުގައި ހަރުލާފައި ހުންނާނެ ދެ ލަވައިގެ ތަންކޮޅެކެވެ. ހިތްގައިމު އަމިއްލަ ރާގުގެ ދެ ލަވައެކެވެ. ކިތައްމެ ވަރަކަށް އަޑުއެހިޔަސް ފޫހިވުމެއް ނެތްފަދަ ދެ ރާގެކެވެ. 250އަށް ވުރެންވެސް ގިނަ އަދަދެއްގެ މިފަދަ ފުރިހަމަ އަމިއްލަ ރާގުތަކެއް އުފައްދާފައިވަނީ ޝަރަފުވެރި ދިވެހި މޫސީގާރެކެވެ.ދާދިފަހުން އިވިގެން، ފެނިގެން ދިޔަ ”މިސް ވެޔޭ“ ލަވައަކީވެސް ހަންނާންގެ އަމިއްލަ ރާގުގެ އަމިއްލަ ލަވައެކެވެ. ދިވެހި މިއުޒިކަށް ލޯބިކުރާ ފަރާތްތަކުން ހަންނާން މިސްނުވާހާ މިންވަރަށް، ހަންނާން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19ގެ ފުރަބަންދުގެ ތެރޭގައި ހިތްގައިމު ރާގުތަކަކާއެކު ހަންނާނުގެ ”ކަރަންޓިއުންސް“ގެ އަމިއްލަ ރާގުތަކެއް، މިވަގުތު ލަންކާގައި ދިރިއުޅެމުން ވެސް ހިއްސާކުރަން ފަށާފައިވެއެވެ.
[bsa_pro_ad_space id=1]
އިތުރަށް ވިދާޅުވޭ

Article Categories:
News