Feb 23, 2021
125 Views
Comments Off on ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީންނަށް މުސާރަ ދީފައިވާ ކަމަށް ބުނެ ސޮއިކުރުވާ މައްސަލަ ޕޮލިހަށް!
0 0

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީންނަށް މުސާރަ ދީފައިވާ ކަމަށް ބުނެ ސޮއިކުރުވާ މައްސަލަ ޕޮލިހަށް!

Written by

[bsa_pro_ad_space id=2]

ބޮޑުފިނޮޅު ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުވައި މުސާރަ ނުދީ ހާލުގައި ޖެއްސި ބިދޭސީންނަށް މުސާރަ ދީފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ރިޒް ކުންފުނިން ލިއުމެއްގައި ސޮއިކުރުވާ މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ތަހުގީގުކޮށްދޭން އެދުނީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުނިން މަސައްކަތް ކުރުވައި މުސާރަ ނުދީ ތިބި 198 ބިދޭސީންގެ ހައްގުގައި ޓްރައިބިއުނަލްއަށް ވެސް މައްސަލަ ވައްދައި ހައްގުތައް ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ.
ފުލުސް އޮފީހަށް ހުށަހެޅި ތުހުމަތު ރިޒް ކުންފުނިން ދޮގުކުރެ އެވެ. އެ ކުންފުނީގެ ލޯޔަރު އަލީ ސައީދު ވިދާޅުވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަނީ މެމްބަރު ރިޒާއާ ޒާތީވެ އަބުރު ކަތިލަން ކަމަށެވެ.
ޕީއައިއެލްސީގެ ރައީސް އަދި ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ މިދިޔަ އަހަރު ހުށަހަޅައި ޓްރައިބިއުނަލްގައި ވެސް ލަސްވަމުންދާ މައްސަލައިގައި ހިމެނޭ ބިދޭސީންނާ ދޭތެރޭގައި ގާނޫނާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ހިންގައި ނިކަމެތިކަން ލިބެމުންދާ ކަމަށެވެ. މި ފަހުން ހިންގި ކަމަކީ މުސާރަ ދިން ކަމަށް ބުނެ އޮޅުވާލައިގެން ބިދޭސީން ލައްވައި ރިޒް ކުންފުނިން ލިއުންތަކެއްގައި ސޮއިކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

Aailaa haalugai jehijje, dhen gaumah fonuvaidhee!
The most trusted news source in the Maldives

Mihaaru

އެތައް މަހެއްގެ މުސާރަ ނުދީ ތިބި ބިދޭސީން ލައްވައި އެ ލިއުމުގައި ސޮއިކުރުވަނީ ކުޑަ ފައިސާކޮޅެއް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަ ޓްރައިބިއުނަލްއަށް މިދިޔަ ޖުލައި މަހު ހުށަހެޅި އިރު ވެސް ބައެއް މީހުންނަށް ހަ މަސް އަނެއް ބަޔަކަށް މުސާރަ ނުދޭތާ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
“އެކަމަކު ބިދޭސީން އެއްބަސްކުރުވަނީ މަސައްކަތް ކުރި ދުވަހަށް މުސާރަ ލިބިފައިވާ ކަމަށް. ބައެއް މީހުން ފައިސާކޮޅުގައި ހިފީ އެ ނޫން ގޮތެއް ނެތިގެން މަޖުބޫރީ ހާލަތުގައި ކަމަށް އެބަ ބުނޭ،” އޭނާ ވިދާޅުވި އެވެ.

Bodufinolhu ge massala: 5 mas fahun nimmee Vaguthee amuru neredheven neiy kamah!
The most trusted news source in the Maldives

Mihaaru

ޝުނާނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ ވަކީލުންނާ ނުލައި ލިއުމެއްގައި ސޮއިކުރުވުމަކީ ވެސް ރިޒް ކުންފުނީގެ ލޯޔަރުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ލިއުމުގައި، އޮތީ ޓްރައިބިއުނަލްގައި އޮތް މައްސަލަ ނަގަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
“މިކަން ހިނގައި ދިއުމުން އެ ލިއުމުގެ ސައްހަކަން ކަށަވަރުކުރުމަށް މި ޖަމިއްޔާގެ ފަރާތުން މަސައްކަތް ކުރުމުން، މި ޖަމިއްޔާ އިން މަސައްކަތް ކުރަނީ ގަދަކަމުން މަޖުބޫރުން ބިދޭސީ މަސައްކަތްތެރިން ލައްވައި މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށް ބަޔާންކޮށް މައްސަލަ ރައްދުވާ ފަރާތުގެ ވަކީލުން ކަމަށް ވާ އަލީ ސައީދު އާއި އަބްދުއްސަލާމް އާރިފް އެކި ފޯރަމްރަކުގައި އެފަދަ އިން ވާހަކަ ދައްކާ އެ މީހުންނަށް މުސާރަ ލިބުނުތޯ ކަށަވަރު ކުރަން ހުރަސްއަޅާފައިވެ އެވެ،” ޕީއައިއެލްސީން ރަސްމީ އިދާރާތަކަށް ފޮނުވި ސިޓީގައިވެ އެވެ.
ރިޒްގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަބްދުއްސަލާމަކީ މިހާރު ޗީފް އޮމްބަޑްސްޕާސަން އެވެ. އެއީ ރާއްޖޭގެ އެކި ވެރިކަމުގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފް ޖަރީމާތައް ބަލައި، އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދޭން އުފައްދާފައިވާ އޮފީހުގެ އެންމެ އިސް ފަރާތެވެ.
ޕޮލިހަށް ހުށަހެޅި މައްސަލާގައި ޕީއައިއެލްސީން ބުނެފައި ވަނީ ރިޒް ކުންފުނީގެ ވަކީލުންގެ އަމަލަކީ މަކަރާއި ހީލަތާއި އެކްސްޕްލޮއިޓޭޝަން އަދި ޖިނާއީ ކުށެއްގެ އަމަލެއް ކަމަށް ބެލެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދޭން ވަނީ އެދިފަ އެވެ.
ގިނަ މީހުންނަށް ވާނީ މުސާރަ ދީފައި: ރިޒް
ރިޒްގެ ލޯޔަރު ސައީދު މިއަދު ވިދާޅުވި ގޮތުގައި އޮޅުވާލައިގެން މުސާރަ ދިން ކަމަށް ސޮއިކުރުވައިފައެއް ނޯންނާނެ އެވެ. އެކަމަކު ގިނަ ބަޔަކަށް މިހާރު މުސާރަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“ބައެއް މީހުން އަމިއްލަ އަށް އެދިގެން، ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަނބުރާ ނަގައިފި،” އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއައިއެލްސީގެ ހާޒިރުގައި ހެދި ސެޓްލެމެންޓް އެއްބަސްވުންތަކެއްގެ ދަށުން ވެސް ބައެއް މީހުން މައްސަލަ ނެގި ކަމަށާއި މިހާރު ތިބީ ގާތްގަނޑަކަށް 40 މީހުން ކަމަށެވެ. އެކަމަކު މައްސަލައިގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ޝުނާނާ ދައްކަވަމުންދާ ކަމަށާއި އޭނާގެ އަމަލުތައް ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ހުރެގެން މައްސަލަ ވެސް ހުށަހެޅި ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ބިދޭސީންނަށް ދީފައި ވާނީ ހައްގު މުސާރަ އެވެ.
ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލަ ފުލުހުން ތަހުގީގުކޮށް ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވައިފަ އެވެ.
ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ ބޮޑުފިނޮޅުގެ މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ. ބޮޑުފިނޮޅު ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
މަސައްކަތް ކުރުވާފައި މުސާރަ ނުދިނުމާއި ބޭސްފަރުވާ އިން މަހްރޫމްކުރުން ފަދަ އަމަލުތަކެއް ހިންގި ބިދޭސީން މިހާރު ބައިތިއްބާފައި ވަނީ ހުޅުމާލޭގައި ހުންނަ އާރުޑީސީގެ ފެސިލިޓީގަ އެވެ. އެތަނަށް އެ މީހުން ގެންދިޔައީ ރިޒް ކުންފުނިން ޚަރަދުތަކާ ހަވާލުވާނެ ކަމަށް އެއްބަސްވެގެންނެވެ.

[bsa_pro_ad_space id=1]

Source link

Article Categories:
News

Comments are closed.