[bsa_pro_ad_space id=2]
މީސްތަކުންނޭވެ! މިހާރު ކުރިމަތިވެގެން މިއުޅޭ ބޮޑު ވަބާ (ކޮރޯނާ) އާއިމެދު ވިސްނާށެވެ! ބިރުވެތިވާށެވެ! މިއީ ބޮޑުވެގެންވާ އިންޒާރެކެވެ! ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށް ދެއްވަވާ ވަރުގަދަ އިންޒާރެއްކަމަށް ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރަން އަވަސްވެގަންނާށެވެ! ދުނިޔޭގައި ކުރިމަތިކުރައްވަވާ ކޮންމެ މުޞީބާތަކީ އާޚިރަތް ދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ދެއްވަވާ ފުރުޞަތެކެވެ. މިއީވެސް ކުރިމަތިކުރައްވަވާފައިވާ ވަރަށް ބޮޑު ނިޢްމަތެކެވެ. އެހެނީ ކޮންމެ މުޞީބާތެއްގެ އެންމެ ބޮޑު ޙިކުމަތަކީ އާޚިރަތަށް ބިރުވެތިވުމެވެ. އާޚިރަތްދުވަހު ދެއްވަވައިފާނެ ގަދަފަދަ ޢަޛާބުން ސަލާމަތްވާން މަސައްކަތްކުރުމެވެ.
[bsa_pro_ad_space id=1]
އިތުރަށް ވިދާޅުވޭ
Article Categories:
Religion