ރަސޫލް ގެ މިސްކިތްކޮޅު ބަލަހައްޓަން އުޅުނު ކަޅު އަންހެނާގެ ވާހަކައަކީ ހުރިހާ މުސްލިމުންހެން ދަންނަ ވާހަކައަކަށްވެދާނެއެވެ. ނަމަވެސް ފާހަގަކޮށްލަން ބޭނުން ބައެއް ކަންކަން ހުރުމުން ފާހަގަކޮށްލާނަމެވެ. އޭނާއަކީ ކަޅު (ބަބުރު) އަންހެނެކެވެ. އޭނާކޮށްއުޅުނު މަސައްކަތަކީ ރަސޫލް ﷺ ގެ މިސްކިތްކޮޅުން ކުނި ނަގައި ސާފުކުރުމެވެ. އޭނާ މަރުވީ ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާއަކީ ވަރަށް އާދައިގެ އަނހެނަކަށްވުމުން އޭނާ މަރުވުމުން ޞަޙާބީން އޭނާ ވަޅުލީ ރަސޫލް (ﷺ) އަށް ނުދަންނަވައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion