Feb 23, 2021
161 Views
Comments Off on އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން މަޖިލީހުން ސަރުކާރަށް ހުށަހަޅައިފި
0 0

އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން މަޖިލީހުން ސަރުކާރަށް ހުށަހަޅައިފި

Written by

[bsa_pro_ad_space id=2]

އައްޑޫގައި ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ދަރިވަރުންނާ މެދު ބޮޑެތި އިހުމާލުތަކެއް ވެފައިވާތީ އެ ކުންފުންޏަށް ފިޔަވަޅު އަޅައި، ދަރިވަރުންނަށް ބަދަލު ހޯދައިދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހުން މިއަދު ރިޕޯޓެއް ފާސްކޮށްފި އެވެ.

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް އެތަނުގައި ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި މަޖިލީހަށް ހުށަހެޅި މައްސަލަ، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭއޭއޭ އިން ކަންތައް ކުރަމުން އައި ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް މާލީ އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ދަރިވަރުންނާއި ބެލެނިވެރިން ކުރަމުން އައި އެއްވެސް ޝަކުވާއަކަށް އެ ކުންފުނިން އިޖާބަ ދީފައި ނުވާ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.
އެހެންވެ މައިގަނޑު ފަސް ކަމެއް ކުރަން ސަރުކާރަށް ރިޕޯޓްގައި ލަފާދީފައި ވެ އެވެ.
ފްލައިން ސްކޫލްގެ މައްސަލައިގައި އަޅަން ހުށަހެޅި ފިޔަވަޅުތައް
1- ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރަން ހުރަސް އެޅިފައި ވާތީ، ކިޔެވުން ފުރިހަމަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން މިހާރުން މިހާރަށް އެޅުން.
2-ދަރިވަރުންގެ ގެއްލިފައިވާ ހައްގުތަކާއި މާލީ ގެއްލުމުގެ ބަދަލު އޭއޭއޭ އިން ހޯދައިދިނުން.
3- ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެފަރާތްތަކަށް ފިޔަވަޅު އެޅުން.
4- ކުރިއަށް އޮތް ތަނުގައި އެފަދަ އެކަޑަމީތައް ހިންގަން ހުއްދަ ދިނުމުގެ ،ކުރިން ހަރުދަނާ ގަވައިދުތައް ހެދުން.
ފްލައިން ސްކޫލްގައި ކިޔަވަމުން އައި ދިވެހި ދަރިވަރުންނަށް އެތަނުން އިހުމާލުވެ، އެކަމުގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާ ކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުން މަޖިލީހުން އެ މައްސަލަ ބެލި އިރު، ވަރަށް ފުޅާ ދާއިރާއެއްގައި އެކަން ތަހުގީގު ކުރި އެވެ. އެގޮތުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން އެތަނަށްް ޒިޔާރަތްކޮށްް އެތަނުގެ ހާލަތު ވެސް ބެލި އެވެ. ރިޕޯޓުން އެނގޭ ގޮތުގައި ދަރިވަރުންގެ ޝަކުވާ ތަކާ ގުޅިގެން އޭއޭއިން ދިފާއުގައި ދައްކާފައިވާ ގިނަ ވާހަކަތަކަކީ ދޮގު ވާހަކަަަތަކެކެވެ. އެ ކުންފުންޏާ ގުޅޭ ގޮތުން ދަރިވަރުން ކޮށްފައިވާ ގިނަ ޝަކުވާތަކަކީ ތެދު ކަން ކަން ވެސް ކޮމިޓީގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ.
ކޮމިޓީއަށް ހޯދުނު ހޯދުންތަކުގެ ގޮތުގައި ރިޕޯޓްގައި އޮތް ފުރަތަމަ ކަމަކީ ފްލައިން ސްކޫލުން ގްރެޖުއޭޓްވި ދަރިވަރުންގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ މާ މަދު ކަމެވެ. އެގޮތުން 2010 ވަނަ އަހަރު އެތަން ހިންގަން ފެށީއްސުރެ މިއަދާ ހަމަައަށް އެތަނުން އުފެއްދުނީ 142 ޕައިލޮޓުންނެވެ. އެއީ ދިވެހި 76 ދަރިވަރުންނާއި 66 ބިދޭސީ ދަރިވަރުންނެވެ.
ކޮމިޓީގެ ތަހުގީގަށް ސާބިތުވި އަނެއް ޝަކުވާ އަކީ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައި، އެކަމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެއްލުންތައް ދަރިވަަރުންނާއި ބެލެނިވެރިންނަށް ވެފައިވާ ކަމާއި ދަރިވަރުންގެ އުމުރުން ދުވަސްތަކެއް ބޭކާރުވެފައިވާ ކަމެވެ. މަޖިލީހުން އެކަން ބެލުމުގެ ކުރިން އޭއޭއޭ އިން އަބަދުވެސް ބުނަމުން އައީ ގްރެޖުއޭޓްވުން ލަސްވީ ދަރިވަރުންގެ ސަބަބުން ކަމަށެވެ.

[bsa_pro_ad_space id=1]

Source link

Article Categories:
News

Comments are closed.