[bsa_pro_ad_space id=2]
އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާގެ އެހީތެރިކަމަށް ކުރީގެ ސަރުކާރުތަކުން ހުށަހެޅި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށާއި ނަމަވެސް އެ މަޝްރޫއު އިންޑިއާގެ އެހީއާ އެކު ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭރު އިއުތިރާޒު ކުރީ އެޑޮކް ޔާޑުން ހިދުމަތް ހޯދުމުގައި އިންޑިއާ އަށް އެކްސްކުލޫސިވް ރައިޓްސް އޮތުމަށް އިންޑިއާ އިން ވަކާލާތު ކުރުމުން ކަމަށް ކުރީގެ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އިންޑިއާ އަށް ކަނޑައެޅުއްވި ސަފީރު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ރައީސް ޔާމީން 2016 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ސަރުކާރުން މަޝްވަރާ ކުރި ކަންތައްތަކުގެ ލިސްޓްގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމުގެ ވާހަކަ ހިމެނު ކަމަށެވެ.
[bsa_pro_ad_space id=1]
އިތުރަށް ވިދާޅުވޭ

Article Categories:
News