ރުޅިއަކީ އިންސާނާގެ އުފެދުމުގައިވެސް ލައްވަވާފައިވާ އެއްޗެކެވެ. ނަމަވެސް އެއީ އެހެންކިޔާފައި ދޫކޮށްލެވެން އޮތްކަމެއް ނޫނެވެ. ރުޅި އަންނަހިނދު އަމިއްލަ ނަފްސްކޮންޓްރޯލްކޮށް ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއްވެސް ދެމީހެއްގެ ޚިޔާލު އެއްގޮތް ނުވެދާނެއެވެ. އެއްގޮތްވާނެ ކަމަސް ބަލައިގެންވެސް ނުވާނެއެވެ. އެހެންކަމުން ބަލައި ބޮޑުކުރި މައިންބަފައިންނާއިވެސް ޚިޔާލު އެއްގޮތް ނުވާ ކަންކަން ހުންނާނެއެވެ. އަދި އަމިއްލަ އަނބިދަރިންނާއިވެސް ޚިޔާލު އެއްގޮތް ނުވާ ކަންކަން ހުންނާނެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion