Feb 23, 2021
142 Views
Comments Off on އޭދަފުށީގެ މައްސަލަ: ޖެންޑާ މިނިސްޓްރީން ބުނަނީ މުޅި މުޖުތަމައުގެ ޒިިންމާއެއް ކަމަށް
0 0

އޭދަފުށީގެ މައްސަލަ: ޖެންޑާ މިނިސްޓްރީން ބުނަނީ މުޅި މުޖުތަމައުގެ ޒިިންމާއެއް ކަމަށް

Written by

[bsa_pro_ad_space id=2]

ނާޒުކު ހާލަތުގައި ތިބި ކުދިން މުޖުތަމައުއަށް ނެރުމުގައި ގޮންޖެހުން ހުންނާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެ މައްސަލަތައް ހައްލުކުރަން މުޅި މުޖުތަމައުގެ ޒިންމާ އޮންނަ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާާވިސަސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އެހެން ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓައި، އެކަމަކު މީގެ ދެ މަހެއްވަރު ކުރިން ބ. އޭދަފުށީގެ އަމާން ހިޔާއަށް ބަދަލުކުރި ކުދިންނާ ދޭތެރޭ އެ ރަށުގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެންނެވެ. އެ ކުދިން ތިބޭ އަމާން ހިޔާ ކައިރިއަށް އެއްވެ މިދިޔަ އާދިއްތަ ދުވަހު އޭދަފުށީގެ ބަޔަކު ވަނީ ހުތުރުބަހުން ވާހަކަދައްކައިފަ އެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ހަވާލުކޮށްފައިވާ އަމާނާތައް ކަމަށެވެ. އެއާ އެކު ރާއްޖޭގެ ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އެންމެހާ ހައްގުތަކެއް ކަށަވަރުކޮށްދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ.
އާއިލީ ވެއްޓެއްގައި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެކެވެ. މި ފަހާ ޖެހެންދެން އެ ކުދިން އުޅެމުން ދިޔައީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ދެ މަރުކަޒުގަ އެވެ.
މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސް ވިޔަނުދީ އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. ރަށްރަށުގައި އެކަމަށް ހާއްސަކޮށްގެން ގާއިމްކުރާ “އަމާން ވެށިތަކަށް” އެ ކުދިން ބަދަލުކުރަން ފެށީ އެ ސަބަބާ ހެދި ކަމަށާއި އެ ކަހަލަ ކަމެއް ފުޅާކޮށް ކުރާއިރު ގޮންޖެހުންތައް ދެނެގަނެ ކަމާ ގުޅޭ ފަރާތްތަކާ
އެކު އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރި އެވެ.

Eydhafuttah gendhiya Hiya kudhinnaa dheytherey hiyhama nujehun
The most trusted news source in the Maldives

Mihaaru

“ނަމަވެސް އެފަދަ ގޮންޖެހުންތަކަށް ރިއާޔަތްކުރުމެއް ނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު އެ ކުދިންނާ ފޯރާ ހާލަތްތައް އާދެ އެވެ،” ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފު ވާހަކަ ފެތުރުމާއި އެ ކުދިންނާ މެދު ހިތްހަމަނުޖެހޭ ޝުއޫރު ފާޅުކުރެވޭ ހާލަތްތައް އަންނަ ކަމަށެވެ.
“ހާލަތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ހާލަތްތަކުގެ ސަބަބުން އެފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެެން މަސައްކަތްތަކެއް ކުރެވެމުންދާއިރު އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެ އެވެ. އަދި މިފަދަ ގޮންޖެހުންތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމައުގެ ޒިންމާތަކެއް ވާކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،” ބަޔާނުގައި ބުންޏެވެ.
ހަތަރު އާއިލާއަކަށް ނިސްބަތްވާ 17 ކުއްޖަކު އޭދަފުށީގައި ގާއިމްކޮށްފައިވާ އަމާންހިޔާއަށް ބަދަލުކުރީ މިދިޔަ ޑިސެމްބަރު 24 ގަ އެވެ. އޭގެ އިތުރުން ށ. އަތޮޅު އަދި ފުވައްމުލަކުގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި ގާއިމްކޮށްފައިވާ އަމާން ހިޔާއަށް ކުދިން ބަދަލުކޮށްފައި ވެ އެވެ.

[bsa_pro_ad_space id=1]

Source link

Article Categories:
News

Comments are closed.