ސުވަރުގެވަނީ މައިމީހާގެ ފައިތިލަދަށުގައިކަމަށް ބުނާ ބުނުމަކީ އަނބިމީހާ ދީނީ ގޮތުން ބްލެކްމޭލްކުރުން ކަމަށް ހަދައިގެން ނުވާނެއެވެ! މައިމީހާދެކެ ވާންޖެހޭ ލޯތްބަކީ ވަރަށް ތަފާތު ލޯތްބެކެވެ! މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ހޯދަން މައިމީހާއަށް ހެޔޮކޮށް ހިތާށެވެ! އެހީތެރިވެދޭށެވެ! އޯގާތެރިވާށެވެ! ނަމަވެސް އެކަންކަން ކުރަން އަނބިމީހާ އާއިމެދު ގޯސްކޮށް ކަންކަންކޮށް ހިތުގައި ޖައްސައިގެން ނުވާނެއެވެ! އަނބިމީހާގެ ލޮލުން ކަރުއަޅަންޖައްސައި ކަރުނަ ނުހިކޭނެ ގޮތަށް ރޮއްވައިގެން ނުވާނެއެވެ! އެއިރުން އެވެވެނީ އަނިޔާވެރިއެވެ. އަނބިންނަށް އަނިޔާވެރިވުމަކީ ފިރިންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion