[bsa_pro_ad_space id=2]
އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ހިލާފުވާ މަގުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބައެއް ފަހަރު ކަންކަން ހިނގާކަމަށް ބުނެ، ރައްޔިތުންގެ މެމްބަރުންނަށް ނަސޭހަތްތެރިވެ ދީނީ އިލްމުވެރިންގެ ފަރާތުން މަޖިލިސް ރައީސަށް ސިޓީއެއް ފޮނުވައިފި އެވެ.ފަސް އިލްމުވެރިޔަކު ސޮއިކުރައްވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މުސްލިމު އުންމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުންނަވާ ކޮންމެ ފަރާތަކީ، އެބައެއްގެ ތެރޭގައި ދީނީ އުސޫލުތައް ހިފަހައްޓައި އިސްލާމް ދީން ނެގެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ބައްޓަންކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތެއް ކަމަށެވެ.
[bsa_pro_ad_space id=1]
އިތުރަށް ވިދާޅުވޭ
Article Categories:
News