[bsa_pro_ad_space id=2]
ތިބާ ޖާއިޒު ދުޢާއެއް ކޮށްފިނަމަ، މާތް ﷲ ތިބާ ހުސްއަތާ ދޫނުކުރައްވަވާނެކަން ދަންނާށެވެ. އެހެނީ، ދުޢާ އިޖާބަ ކުރެވޭ އެކިއެކި ގޮތްގޮތް ހުރެއެވެ. އޭގެ ތެރެއިން ދަރަޖައިގެ ގޮތުން އެންމެ ފަހަތުގައި ވަނީ، ތިބާ އެދުނު ކަމެއް އެ އެދުނު ގޮތަކަށް ދުނިޔެ މަތީގައި ދެއްވުމެވެ.ދެން އޮތީ ދަރަޖައިގެ ގޮތުން އެއަށްވުރެ މަތިވެރި ގޮތްގޮތެވެ. އެއީ ދުނިޔެ މަތީގައި ތިބާއަށް ކުރިމަތިވާން ހުރި މުޞީބާތަކުން ތިބާ ސަލާމަތްކުރައްވައި ރައްކައުތެރި ކުރެއްވުމެވެ. ނުވަތަ، އެ އެދުނު ކަމަށްވުރެ ހެޔޮ ކަމެއް ދުނިޔެ މަތީގައި ދެއްވުމެވެ.
[bsa_pro_ad_space id=1]
އިތުރަށް ވިދާޅުވޭ
Article Categories:
Religion