Feb 23, 2021
159 Views
Comments Off on ތިޔަ ކަންނެތްކަން ދޫކޮށްލާފައި މި ހަތަރު ކަންތައް އަޅެ ކޮށްލަބަލާށެވެ
0 0

ތިޔަ ކަންނެތްކަން ދޫކޮށްލާފައި މި ހަތަރު ކަންތައް އަޅެ ކޮށްލަބަލާށެވެ

Written by

ކޮންމެ ދުވަހަކުވެސް ހޭލާ ގަޑިއަކަށް މެންދުރު 12 ޖަހާއިރު ނުވަތަ މެންދުރު ފަހު 2 ޖަހާއިރަށް ނުހަދާށެވެ. ކޮންމެ ދުވަހަކުވެސް އަވަހަށް ނިދާފައި އަވަހަށް ހޭލަން އާދަ ކުރާާށެވެ. ތިރީގައި މި ބަޔާން ކުރަނީ ތިބާ އުފާވެރި މީހެއްގެ ގޮތުގައި ހުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ދުވަހުގެ ތާވަލެކެވެ.1. ކޮންމެ ދުވަހަކުވެސް ފަތިހު ހޭލާށެވެ. އަދި ފަތިސް ނަމާދު ކޮށްލައިގެން ހެނދުނުގެ ޛިކުރުތައް ކިޔާލާށެވެ. އޭރުން ދުވަހުގެ ފެށުން ވަރަށް ”ކްރިއޭޓިވް“ ވާނެއެވެ. އަދި މުޅި ދުވަސް ވަރަށް ތާޒާ ވާނެއެވެ. މިއީ އަޅުގަނޑުމެން ތަޖުރިބާ ކޮށްފައި ހުރި ކަންކަމެވެ. ކަންނެތްކަން ފިލާ މުޅި ދުވަސް މުރާލިކަން މަތީގައި ދެމިހުރެވޭނެއެވެ.2. ހެނދުނުގެ ނާސްތާ ނަގާށެވެ.3. މަދުވެގެން 15 މިނެޓް ކަސްރަތު ކޮށްލާށެވެ. ނުވަތަ ހިނގާލަން ނުކުމެލާށެވެ.4. ކޮންމެ ދުވަހަކުވެސް އާ ”ހެބިޓް“ އެއް ދަސްކުރެވޭތޯ ބަލާށެވެ.ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އަދި ކުރުމަށް ލޯބި ކުރާ ކަންތައްތައްވެސް ތަފާތު ވާނެއެވެ. ބައެއް މީހުންނަކީ ކުރަހާ ހިތްވާ މީހުންނެވެ. މިހެން ގޮސް އެމީހަކު ކުރުމަށް އެންމެ ލޯބި ކުރާކަމެއް ކުރާށެވެ.ދެން ތިބާގެ ދުވަސް ފަށާށެވެ.ކޮންމެ ދުވަހެއްވެސް މިގޮތަށް އަޅެ ފަށަން މަސައްކަތް ކޮށްލަމާތޯއެވެ. ތިބާގެ ދިރިއުޅުމަށް އަންނަ ބަދަލު ނިކަން ތަޖުރިބާ ކޮށްލައްވާށެވެ. ހަމަ ޔަގީނެއެވެ. ތިބާގެ ޙަޔާތް ވަރަށް އުފާވެރި ވާނެއެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.