[bsa_pro_ad_space id=2]
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އޭޓީއާރު ބޯޓުތައް ބޭނުންކޮށްގެން ޑޮމެސްޓިކް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ޓީއެމްއޭއިން ބުނީ މި ދަތުތައް މިއަހަރުގެ ފަހުކޮޅު ފަށާނެ އެވެ. މިކަމަށް ބޭނުންވާ އޭޓީއާރު ބޯޓު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ދަތުރުތަކުގެ ބޭސްއަކަށް ޓީއެމްއޭއިން ހަދާނީ ޅ. މަޑިވަރު އެއާޕޯޓެވެ. މި އެއަޕޯޓުގައި ޕްލޭން ހޭންގަރެއްވެސް ވެސް ހަދާނެ އެވެ.
އެ އެއާލައިނުން ބުނީ މި ހިދުމަތް ފަށަނީ 24 ގަޑިއިރު ޓޫރިސްޓުން އުފުލުމުގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން، އޭޓީއާރު ފްލައިޓު ބޭނުން ކުރުމުގެ އިތުރުން ސީޕްލޭންގެ ފްލީޓު އިތުރު ކުރާނެ ކަމަށް ވެސް ޓީއެމްއޭއިން ބުނެ އެވެ.
ސީޕްލޭން އޮޕަރޭޝަންތައް ފުޅާކުރުމަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހަތަރު ޓްވިން އޮޓާ ސީޕްލޭން ގެންނާނެ އެވެ. މިއާއެކު އެ އެއާލައިނުގެ ސީޕްލޭން ފްލީޓު 60 އަށް އިތުރުވާނެ އެވެ.
ޓީއެމްއޭއިން މިހާރުވެސް 80 ރިސޯޓަކަށް ދުވާލަކު 150 ސީޕްލޭން ދަތުރު ކުރެ އެވެ.
[bsa_pro_ad_space id=1]
Source link