[bsa_pro_ad_space id=2]
ޖިލްވާ ބޯ ހޫރައިލިއެވެ. ހާސްވެގެން ނިތްކުރިމަތީން ފިނި ދަލެއް ހިއްލައިލީ، ބެދެން އުޅޭ މަޅިން ސަލާމަތް ނުވާނޭހެން ހީވާން ފެށުމުންނެވެ. ތެދުވެރި އާއިލާއަކަށް އޮޅުވާލައިގެން އޭނަ މުޅި އުމުރަށް އެކަމާއި ހިތާމަ ކުރަންޖެހިދާނެއެވެ. އެ މުސްކުޅި އަންހެންމީހާގެ ހިތް ހަލާކުވެއްޖެނަމަ، އަމިއްލަ ނަފުސަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެއެވެ. ހަގީގަތް ހާމަކުރުމުގެ ވަގުތު އައިސް ޖެހުނީ ކަމުގައި ޖިލްވާއަށް ގަބޫލު ކުރެވުނެވެ. އެކަމަކު އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފުލުހުންނާއި ހަވާލު ކުރާހައި އެ އާއިލާ ރަހުމުކުޑަ ވެދާނޭ ހެއްޔެވެ؟ ހަމަ ގައިމުވެސް އެންމެންގެ ނަފުރަތު އޭނައަށް އަމާޒުވާނޭކަން ގައިމެވެ.********
[bsa_pro_ad_space id=1]
އިތުރަށް ވިދާޅުވޭ
Article Categories:
News