[bsa_pro_ad_space id=2]
ބޮލީވުޑްގެ ބަތަލާ ކެޓްޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު “ޓައިމް ޓު ޑާންސް” ގެ ޕޯސްޓަރާ އެކު ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
ރެމޯ ޑި ސޫޒާ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމުތަކަށް ސިނަމާތަށް އަންނާނީ އަންނަ މަހުގެ 12 ގަ އެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް ސްޓޭންލީ ޑި ކޯސްޓާ ޑައިރެކްޓްކޮށްފައިވާ “ޓައިމް ޓު ޑާންސް” ގެ ބަތަލަކީ ސޫރަޖް ޕަންޗޯލީ އެވެ. އެކްޓަރު އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖަކީ ސަލްމާން ޚާން 2015 ގައި ޕްރޮޑިއުސްކުރި “ހީރޯ” އިން ނެރުނު އެކްޓަރެކެވެ.
“ޓައިމް ޓު ޑާންސް” އަންނަ މަހު ރިލީޒްކުރާ ގޮތަށް ނިންމީ 2018 ގައި ޝޫޓިން ނިންމާފައި ރިލީޒްނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
އީޒަބެލްގެ އަތުގައި މި ވަގުތު އެހެން ދެ ފިލްމެއް ވެސް އެބަ އޮތެވެ. އެއީ ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާއާ އެކު ކުޅޭ “ކުވާތާ” ގެ އިތުރުން ޕުލްކިތު ސަމްރާޓާ އެކު ކުޅޭ “ސަސްވަގަތަމް ހުޝާމަދީދު” އެވެ.
“ދާސްވީ” ގެ ޝޫޓިން ފަށައިފި
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަބީޝެކް ބައްޗަން ކުޅޭ ފުރަތަމަ ފިލްމު “ދާސްވީ” ގެ ޝޫޓިން ފަށައިފި އެވެ.
ގަންގާ ރާމް ޗައުދަރީ ކިޔާ ސިޔާސީ މީހެއްގެ ރޯލުން އަބީޝެކް ފެންނަ މި ފިލްމުގެ ބަތަލާއިންނަކީ ޔާމީ ގޯތަމާއި ނިމްރަތު ކޯރެވެ. ތިން ތަރިންނާ އެކު “ދާސްވީ” ގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ތުޝާރު ޖަލޯޓާ އެވެ. ޔާމީ ފިލްމުގައި ފެންނާނީ ޖޯތީ ޖޭސްވާލް ކިޔާ ފުލުހެއްގެ ރޯލުންނެވެ. ނިމްރަތުގެ ކެރެކްޓާ އަކީ ބިމްލާ ދޭވި އެވެ.
ދިނޭޝްގެ މެޑޮކްސް އިން އަންނަ މަހުގެ 11 ގައި ހޮރޯ-ކޮމެޑީ “ރޫހީ” ގެނެސްދޭނެ އެވެ. އެއީ މި އަހަރު އެ ސްޓޫޑިއޯ އިން ރިލީޒްކުރާ ފުރަތަމަ ފިލްމެވެ.
ތާޕްސީގެ “ދުބާރާ” ގެ ޝޫޓިން ކުރިއަށް
ބަތަލާ ތާޕްސީ ޕައްނޫ ލީޑް ރޯލް ކުޅޭ، ޑައިރެކްޓަރު އަނޫރާގެ ކޭޝަޕްގެ އާ ފިލްމު “ދުބާރާ” ގެ ޝޫޓިން ފަށައިފި އެވެ.
ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައިވެ އެވެ. “ދުބާރާ” އަކީ އަނޫރާގް 2018 ގައި ގެނެސްދިން “މަންމަރުޒިޔާ” އަށް ފަހު، އޭނާ ޑައިރެކްޓްކުރާ ފިލްމެއްގައި ތާޕްސީ މަސައްކަތްކުރާ ދެވަނަ ފަހަރެވެ. އަނޫރާގް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމްކުރި “ޗޯކްޑް” އެވެ.
ހުނަރުވެރި ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ލޫޕް ލަޕޭޓާ”، “ރާޝްމީ ރޮކެޓް”، “ހަސީން ދިލްރުބާ”، “ޝަބާޝް މިތޫ” އަދި “ވޯ ލަޅުކީ ހޭ ކަހާ؟” ހިމެނެ އެވެ.
އަޔޫޝްމަންގެ “އަނޭކް” ސެޕްޓެމްބަރު 17 ގައި
މިހާރު ޝޫޓިން ކުރިއަށްދާ އަޔޫޝްމަން ކްރާނާގެ ފިލްމު “އަނޭކް” މި އަހަރުގެ ސެޕްޓެމްބަރު 17 ގައި ގެނެސްދޭން ނިންމައިފި އެވެ.
މި ފިލްމަކީ 2019 ގެ “އާޓިކަލް 15” އަށް ފަހު ޑައިރެކްޓަރު އަނޫބަވް ސިންހާއާ އެކު އަޔޫޝްމަން މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ދާދި ފަހުން “ޗަންދީގަޅް ކަރޭ އާޝިގީ” ގެ މަސައްކަތް ވެސް ނިންމައިލި އެކްޓަރު “އަނޭކް” އަށް ދެން ފަށާނީ “ޑޮކްޓަރު ޖީ” ގެ މަސައްކަތެވެ.
“ކައި ޕޯ ޗޭ” އާއި “ކޭދަރުނާތު” ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ “ޗަންދީގަޅް ކަރޭ އާޝިގީ” އަކީ މި އަހަރުގެ ޖުލައި 9 ގައި ރިލީޒްކުރާނެ ފިލްމެކެވެ.
އަޔޫޝްމަންގެ ދެ ފިލްމެއް މިދިޔަ އަހަރު ގެނެސްދިނެވެ. އެއީ “ޝުބް މަންގަލް ޒާދާ ސާވްދާން” އާއި “ގުލާބޯ ސިތާބޯ” އެވެ.
[bsa_pro_ad_space id=1]
Source link