Feb 24, 2021
147 Views
Comments Off on ކީރިތި ޤުރުއާނާއި، ސުންނަތުގެ އަލީގައި ނަރަކަ
0 0

ކީރިތި ޤުރުއާނާއި، ސުންނަތުގެ އަލީގައި ނަރަކަ

Written by

ނަރަކައީ މާތް ﷲ سُبْحَانَهُ وَتَعَالَى އަށް އުރެދި، އެކަލާނގެ އަށް ޝަރީކުކޮށް، އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގުކޮށް އެކަލާނގެ ބާވާލެއްވި ޝަރީޢަތަށް ފުރަގަސްދިން މީހުންނަށް ޢަޛާބު ދެއްވުމަށް އެކަލާނގެ ހައްދަވާފައިވާ ތަނެވެ. އަދި އެކަލާނގެ ޢަދުއްވުންނަށް ހުރި ޢަޛާބުގެ ގޮވައްޗެވެ. އަދި މުޖުރިމުން އެތަނެއްގައި ދާއިމަށް ހައްޔަރު ކުރެވޭނެ ޖަލެވެ. ނަރަކައިގެ ވާހަކަ އަކީ ނިކަމެތި އިންސާނެއްގެ ދުލާއި، ގަލަމުން އަލިއަޅުވާލެވޭނެ ވަރަށް ވުރެން މާ ބޮޑު މަޢުޟޫޢެކެވެ. ނަމަވެސް، ކީރިތި ޤުރުއާނާއި، ސުންނަތުގެ އަލީގައި ކޮންމެވެސް މިންވަރަކަށް ނަރަކައިގެ ވާހަކަ ހިމާނާލަން އަޅުގަނޑު ގަސްތުކުރަމެވެ.ތިބާގެ މަރު ހިއްޕަވަން މަރުގެ މަލާއިކަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަޑައިގަންނަވާ ކަން އެނގޭނަމަ، އެންމެ ފުރަތަަމަ ވެސް، ތިބާ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ ތިބާ ކަންތައް ކުރާނީ ކޮންގޮތަކަށް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހިތަށް އަރާނީ ދިރިއުޅުމުގައި ވޭތުވެދިޔަ ތަނުގައި އެމީހަކަށް އުޅެވުނީ ކިހިނެއްތޯ އާއި، އާޚިރަތަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނީ ކޮން ކަންތައްތަކެއްތޯ އެވެ.އެވްރެޖްކޮށް އިންސާނުން ދިރިހުންނަ އުމުރަށް ބަލައިގެން ލައްކަ ގިނަވަގުތު އޮތްކަމަށް ހީކޮށް، ހިތަށް އެރި ގޮތަކަށް މި ފަނާވަނިވި ދުނިޔޭގައި އުޅެމުންދާއިރު، މަރުގެ މަލާއިކަތާ ބައްދަލުކުރާނީ ކޮން ވަގުތެއްގައި ކަން އެނގެނީ ފަހެ ކާކަށް ހެއްޔެވެ؟ މާގިނަ ވަގުތު އޮތްކަމަށް ހީކޮށްގެން ހެޔޮ ޢަމަލުތައް ކުރުން ފަސްކޮށް، ބޭނުންހާ ގޮތަކަށް އުޅެމުންދާއިރު، މި ދުނިޔޭގައި ދިރިއުޅެން މި ލިބޭ ވަގުތަކީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަން ހަނދާނުގައި ބަހައްޓާށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.