Feb 24, 2021
169 Views
Comments Off on ކޯޗުން ހޮވުމުގައި ނަސްލީ ތަފާތުކުރުން އޮވޭ: ސީޑޯފް
0 0

ކޯޗުން ހޮވުމުގައި ނަސްލީ ތަފާތުކުރުން އޮވޭ: ސީޑޯފް

Written by

[bsa_pro_ad_space id=2]

ލަންޑަން (ފެބްރުއަރީ 24) – ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ޓީމުތަކަށް ކޯޗުން ހޮވުމުގައި ނަސްލީ ތަފާތުކުރުން އޮންނަ ކަމަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރު ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކްލަރެންސް ސީޑޯފް ބުނެފި އެވެ.

ސީޑޯފް ބުނީ ކުޅުމުގެ ކެރިއަރުގައި އޭނާ އަށް ލިބުނު އިހުތިރާމާ މެދު އެއްވެސް ސުވާލެއް އުފައްދާފައިނުވާނެ ކަމަށާއި އެކަމަކު ކޯޗިން ކެރިއަރުގައި އޭނާއާ މެދު ގިނަ ނިންމުންތައް ނިންމާފައި ހުރީ އިންސާފުން ބޭރުން ކަމަށެވެ.
“އަހަރެންގެ ސުވާލަކީ ކޮބައިތޯ ކޯޗުން ނެގުމުގެ ކްރައިޓީރިއާ އަކީ. ފުޓްބޯޅައިގެ ތާރީހުގައި މުހިއްމު ސޮފުހާތަކެއް ލިޔުނު ކުޅުންތެރިންނަށް ފުރުސަތެއް ނެތީ ކީއްވެތޯ. ކިހިނެއް ވެގެންތޯ ކޯޗަކަށްވާން ވިއެރާ ނިއު ޔޯކަށް ގޮސްފައި. އޮންރީ ކެނަޑާގައި ހުންނަންވީ. އަހަރެން ބުނާނީ ކޯޗުންނަށް ނެތް ހަމަހަމަ ފުރުސަތެއް. އަހަރެމެން ހިނގާ ނަމްބަރުތަކަށް ބަލާލަން. ފުޓްބޯޅައިގެ ވަރުގަދަ އެއްވެސް ގަދަބާރެއްގައި ކޯޗަކަށް ކަޅު ނަސްލުގެ މީހެއް ނެތް،” ސީޑޯފް ބުންޏެވެ.
ގޯސްކޮށް ހިނގާ ތަފާތު އެކި ކަންކަން ފުޓްބޯޅަ ތެރެއިން ނައްތާލުމުގެ ވާހަކަތައް ދެކެވޭއިރު، ކަޅު ނަސްލުގެ ކޯޗުންނަށް ހުރި އުނދަގޫތަކުގެ ވާހަކަތައް ވެސް ދެކެވެން ޖެހޭނެ ކަމަށް ސީޑޯފް ގަބޫލުކުރެ އެވެ.
“އަހަރެމެން އެންމެން މި ކިޔަނީ ހެޔޮ ބަދަލެއް ގެންނަން. އެންމެން ގުޅިގެން މަސައްކަތްކޮށްގެނޭ ކުރިއަށް ދެވޭނީ. އަހަރެން ބުނާނީ ކުރިއަށްދެވޭނީ ހަމަަހަަމަ ފުރުސަތު ދީގެންނޭ. ހަމަހަމަ ފުރުސަތު ދޭން މީގެ މަތީ ފަޑީގައި ތިބި މީހުން ވެސް އެއްބަސްވެގެން ފިޔަަވަޅުތަކެއް އަޅައިގެންނޭ،” ކުރިން ރެއާލް މެޑްރިޑާއި އޭސީ މިލާން އަދި އަޔަކްސްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސީޑޯފް ބުންޏެވެ.
ފުޓްބޯޅަ ކުޅުން 2014 ވަނަ އަހަރު ހުއްޓާލި ފަހުން ކޯޗިންގެ ތެރެއަށް ނުކުތް ސީޑޯފް ފުރަތަމަ ހަވާލުވީ އެ އަހަރު އޭސީ މިލާންއާ އެވެ. ހަ މަސް ދުވަހަށް ފަހު މިލާން ކޯޗުކަމުން ސީޑޯފް ވަކިކުރި އެވެ. އޭގެ ދެ އަހަރު ފަހުން ޗައިނާގެ ޝެންޒެންގެ ކޯޗުކަމާ ސީޑޯފް ހަވާލުވިއިރު، ފަސް މަސް ފަހުން އޭނާ ވަކިކޮށް އެ ޓީމު ހަވާލުކުރީ އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރަން އެރިކްސަންއާ އެވެ.
ސީޑޯފް ހަވާލުވި ތިން ވަނަ ޓީމަކީ ސްޕެއިނުގެ ޑިޕޯޓިވޯ ލަކަ ރޫނިއާ އެވެ. އޭނާ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ޓީމާ ހަވާލުވެ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދިނެވެ. ޑިޕޯޓިވޯ އެ ފަހަރު ލަލީގާ އިން ރެލިގޭޓްވުމުން ޓީމާ އޭނާ ވަކިވީ އެވެ. ސީޑޯފް އެންމެ ފަހުން ކޯޗުކޮށްދިނީ ކެމަރޫން ގައުމީ ޓީމަށެވެ. ކެމަރޫންއާ 2018 ވަނަ އަހަރު އޮގަސްޓް މަހު ހަވާލުވެ، އެ ޓީމާ އެކު 2019 ވަަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރަނގަޅު ކާމިޔާބެއް ނުލިބުމުން އެ ޓީމުން ވަކިކުރީ އެވެ.

[bsa_pro_ad_space id=1]

Source link

Article Categories:
Sports

Comments are closed.