[bsa_pro_ad_space id=2]
ރާއްޖޭގެ 10 ސްކޫލެއްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކަށް މިއަހަރު ވެސް ބީއެމްއެލް އިން އެހީވެއްޖެ އެވެ.
މި އެހީގެ ދަށުން އެ ބޭންކުން ވަނީ ސެން ކްލާސްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ. މިއީ ކުދިންގެ ގާބިލުކަމާއި، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހަދިޔާކުރި ތަކެއްޗެވެ.
ބޭންކުން އެހީތެރިކަން ފޯރުކޮށްދިން ސްކޫލްތައް
– ހއ. އަތޮޅު ތައުލީމީ މަރިކަޒު
– ހދ. އަަތޮޅު ތައުލީމީ މަރުކަޒު
– ޅ. އަތޮޅު ތައުލީމީ މަރުކަޒު
– ކ. އަތޮޅު މަދަރުސާ
– އއ.މަތިވެރި ސްކޫލް
– އއ. ފެންފުށި ސްކޫލް
– ދ. އަތޮޅު ތައުލީމީ މަރުކަޒު
– ލ. އަތޮޅު ތައުލީމީ މަރުކަޒު
– މުހައްމަދު ޖަމާލުއްދީން ސްކޫލް
– ސ. އަތޮޅު މަދަރުސާ
ބީއެމްއެލްގެ މުވައްޒަފުންތަކެއް ސެން ކްލާހުގައި ކިޔަވާ ކުދިންތަކާއެކު ކުޅެނީ– ފޮޓޯ: ބީއެމްއެލް
މި ސްކޫލްތަކަށް ފޯރުކޮށްދިން އެހީގެ ސަބަބުން ސެން ކްލާސްތަކުގައި ކިޔަވާ 400އަށްވުރެ ގިނަ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ލުއި ފަސޭހަވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމުގެ ގޮތުން ދިހަ ސްކޫލެއްގެ ސެން ކްލާސްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ހިނގާބިގާވެ އުޅެން ދަތި މީހުންނަށް 65 މޮޓޮރައިޒްޑް ވީލް ޗެއާވެސް އެ ކުފުނިން ވަނީ ހަދިޔާކޮށްފަ އެވެ.
[bsa_pro_ad_space id=1]
Source link