Feb 24, 2021
117 Views
Comments Off on މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަކީ އެންމެންގެ ޒިންމާއެއް: ޝާހިދު
0 0

މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަކީ އެންމެންގެ ޒިންމާއެއް: ޝާހިދު

Written by

[bsa_pro_ad_space id=2]

މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީ) ގެ ޒިންމާއެއް ނޫން ކަމަށާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ދައުރެއް ވެސް އެކަމުގައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ބައިނަލްއަގްވާމީ ސުލްހަ އާއި ރައްކާތެރިކަމާ އަދި މޫސުމީ ބަދަލުތަކާ ބެހޭ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މޫސުމާ ގުޅޭ ކަންކަމަކީ ކޮން ބައެއްގެ ޒިންމާއެއް ކަމާމެދު އަދިވެސް ބަހުސް ކުރާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

Foreign Minister @abdulla_shahid urges the @UN Security Council to address the complex challenges of climate-related risks to international peace and security📃 Press Release | https://t.co/xFFflRwN7B pic.twitter.com/JvI0Bs3raA— Ministry of Foreign Affairs 🇲🇻 (@MoFAmv) February 24, 2021

މިނިސްޓަރު ޝާހިދު ދެއްވި ތަގްރީރު

ކޮންމެ ކާރިސާއެއްގައި ވެސް އެންމެ ބޮޑު ގެއްލުމެއް ވަނީ އެންމެ އަޅާލުން ބޭނުންވާ، ނާޒުކު ހާލަތުގައި ތިބޭ މީހުންނަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
“އަންހެނުންނަށް ކުރިމަތިވާ ގެއްލުންތައް ގިނަ. ނަމަވެސް އަންހެނުންނަކީ މުޖްތަމައަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އެއް ގްރޫޕް ކަމަށް ވުމުން މިކަންތައް ހައްލުކުރަން ކުރާ މަސައްކަތް ވާން ވާނީ އަންހެނުން ވެސް ހިމެނޭ ގޮތަށް،” ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމުގައި ސަލާމަތީ މަޖިލީހުގެ ރޯލެއް އޮންނަ ކަމަށާއި ޒުވާނުންނާ ގުޅިގެން މި މަސައްކަތްކުރުން މުހިއްމު ކަމަށެވެ.

[bsa_pro_ad_space id=1]

Source link

Article Categories:
News

Comments are closed.