Feb 24, 2021
102 Views
Comments Off on ޓެނިސް: މަރޭގެ އެނބުރި އައުން އުފާވެރިއެއް ނޫން
0 0

ޓެނިސް: މަރޭގެ އެނބުރި އައުން އުފާވެރިއެއް ނޫން

Written by

[bsa_pro_ad_space id=2]

މޮންޓެޕިއޭ، ފްރާންސް (ފެބްރުއަރީ 24) – ހަތަރު މަހަށް ފަހު މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ކުޅުނު ފުރަތަމަ އޭޓީޕީ ޓުއާ މެޗުން ބަލިވެއްޖެ އެވެ.

ދާދި ފަހުން ނިމުނު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި މަރޭ އަށް ނުކުޅެވުނީ މުބާރާތާ ގާތްވެފައިވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.
އިއްޔެ އޭޓީޕީ ޓުއާގެ މި ސީޒަނުގެ ފުރަތަމަ މެޗުގައި މަރޭ ނުކުތީ ދުނިޔޭގެ ރޭންކިން 83 ވަނައިގައި އޮތް ބެލަރޫސްގެ އީގޯ ޖެރާސިމޯވްއާ ދެކޮޅަށެވެ. ވައިލްޑް ކާޑް އެންޓްރީ އަކުން މުބާރާތަށް ކޮލިފައިވި ޖެރާސިމޯވް މޮޅުވީ 7-6 (10-8) 6-1. އިންނެވެ.
މަރޭ އެންމެ ފަހުން ކުޅުނު އޭޓީޕީ ޓުއާ މެޗަކީ މިދިޔަ އޮކްޓޫބަރު މަހު ޖަރުމަނުގެ ކޮލޯންގައި ކުރިއަށްދިޔަ އިވެންޓުގަ އެވެ. އެ ފަހަރު ވެސް ފުރަތަމަ ބުރުގައި ވީ ބައްޔެވެ. މަރޭގެ މައްޗަށް އެ މެޗުގައި ކުރިހޯދީ ސްޕެއިނުގެ ފެނާންޑޯ ވާޑެސްކޯ އެވެ.
އޭގެ ފަހުން މަރޭ އެނބުރި އައިސް ކުޅުނީ މި މަހު ކުރީކޮޅުގައި އިޓަލީގައި ކުރިއަށްދިޔަ އޭޓީޕީ ޗެލެންޖް ޓުއާގަ އެވެ. މިއީ ރަސްމީ އޭޓީޕީ ޓުއާގެ މުބާރާތެއް ނޫނެވެ. އެ އިވެންޓުގެ ފައިނަލުގައި މި މަހު 14 ވަނަ ދުވަހު ޔޫކްރޭނުގެ އިލްޔާ މާޗެންކޯ އަތުން މަރޭ ވަނީ ބަލިވެފަ އެވެ.
މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަށް ފަހު މަރޭ ވަނީ އޭނާ ބުރަކަށްޓައް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދަން އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭގެ ފަހުން މަރޭ އަށް އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. އަދި މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ޓެނިސްގެ ހަރަކާތްތައް ހުއްޓާލާފައި އޮތް މުއްދަތުގައި މަރޭގެ ފޯމު ވަރަށް ބޮޑަށް ގެއްލުނެވެ.
އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި މަރޭގެ ނަތީޖާ ދަށްވުމުގެ ސަބަބުން އޭނާ ވަނީ ދުނިޔޭގެ ރޭންކިންގެ ވަރަށް ފަހަތަށް ވެއްޓިފަ އެވެ. ކުރިން ދުނިޔޭގެ އެއް ވަނައިގައި އޮތް އުމުރުން 33 އަހަރުގެ މަރޭ މި ވަގުތު އޮތީ ދުނިޔޭގެ 121 ވަނައިގަ އެވެ.

[bsa_pro_ad_space id=1]

Source link

Article Categories:
Sports

Comments are closed.