[bsa_pro_ad_space id=2]
އަވަށްޓެރި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު ރައްޒާގު އެ ގައުމުގެ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރު ރާޖަޕަކްސާއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ. ސިއްހީ ދާއިރާއާގައި ދެ ގައުމުން އެއްބާރުލުމަށާއި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ވެސް އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތައް ސަފީރު ރައްޒާގު ރާޖަޕަކްސާގެ ސަމާލުކަމަށް ގެންނެވި އެވެ. ލަންކާ އިން ރާއްޖެ އަށް ވެދެމުން އަންނަ އެހީތަކަށް އޭނާ ޝުކުރު ވެސް އަދާކުރެއްވި އެވެ.
ސްރީ ލަންކާއަކީ އެންމެ ގިނަ ދިވެހިން ދިިރިއުޅޭ އެއް ގައުމެވެ.
[bsa_pro_ad_space id=1]
Source link