Feb 25, 2021
131 Views
Comments Off on ބީއެމްއެލުން ގުރައިދޫގައި ސެލްފް ސާވިސް ސެންޓަރެއް 44 min
0 0

ބީއެމްއެލުން ގުރައިދޫގައި ސެލްފް ސާވިސް ސެންޓަރެއް 44 min

Written by

ބީއެމްއެލުން ކ. ގުރައިދޫގައި ސެލްފް ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މި ހިދުމަތާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމުގެ އިތުން ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މި އޭޓީއެމާއެކު، ކ. އަތޮޅުގައި ސެލްފް ސާވިސް ސެންޓަރުގެ ހިދުމަތް މިހާރު މާލޭގެ އިތުރުން ހަތަރު ރަށަކުން ލިބޭނެ އެވެ. ނަމަވެސް އެހެން ރަށްރަށުން ވެސް ބޭންކުގެ ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ލިބޭނެ އެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާ އަށް އެ ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަަމަށެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ ނުވަ ރަށެއްގައި އަލަށް ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ހުޅުވައިފަ އެވެ. އިތުރު ފަސް ރަށެއްގައި ހުރި އޭޓީއެމްތަކުން ސެލްފް ސާވިސް ބޭންކިންގެ ހިދުމަތްތައް ލިބޭ ގޮތް ވަނީ ހަދައިފަ އެވެ.
ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗުތަކާއި 66 ސެލްފް ސާވިސް ސެންޓަރާއި 127 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.

Source link

Article Categories:
Business

Comments are closed.