ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ އެ ރަށު އުސްގެ، ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އޭނާގެ ކެންޑިޑެންސީ ބާތިލް ކުރަން އީސީން އަނެއްކާ ވެސް ސުޕްރީން ކޯޓަށް ގޮސްފި އެވެ.ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން މޫސާގެ ކެންޑިޑެންސީ އީސީއިން ބާތިލް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ ކެންޑިޑެންސީ ބަލައިގަތުމަށް އޮންނަ 48 ގަޑިއިރުގެ ތެރޭ އޭނާ އަކީ ކެންޑިޑޭޓެއް ކަމަށް ބަލައިގަތުމަށް ފަހު އޭގެ ފަހުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އޭނާގެ ކެންޑިޑެންސީ ބާތިލް ކުރުމުންނެވެ. އެ ހުކުމުގައި ބުނަނީ 48 ގަޑިއިރަށް ފަހު ކެންޑިޑެންސީ ބާތިލް ކުރާ ނަމަ އެކަން ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަކުން ކަމަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News