އަހަރެމެންގެ ތެރެއިން ގިނަ ޢަދަދެއްގެ ބެލެނިވެރިން، މައިންބަފައިން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހުންގެ ދަރިން މަސްތުވާތަކެތީގައި ޖެހުން، ނުވަތަ އަންހެންދަރިން ޢާއިލާގެ ޢަބުރާއި ޢިއްޒަތް ގެއްލޭފަދަ ކަންކަން ކުރުމެވެ. ސުވާލަކީ އެކަންކަން ހުއްޓުވަން ނުވަތަ ދަރިންނަކީ އެފަދަ ކަންކަން ނުކުރާބައަކަށް ހެދުމަށް ތިބާކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެކަންކަން އެހެން އެވަނީ ބެލެނިވެރިންގެ ނުވަތަ މައިންބަފައިންގެ ސަބަބުން ކަމަށްބުނެފިނަމަ ޤަބޫލެއް ނުކުރާނެއެވެ. ރުޅިވެސް އަންނާނެއެވެ. ނަމަވެސް ބުނަން އޮތީ އެކަމުގައި އެންމެ ބޮޑީ ބެލެނިވެރިންނާއި މައިންބަފައިންގެ ދައުރެވެ. ފުރަތަމަ ކަމަކީ ތިމާމެންގެ އަޚްލާޤެވެ. އަޅުކަމާއި ދުރުހެލިވެވޭ މިންވަރެވެ! ދެވަނަ ކަމަކީ ކުރަންޖެހޭ ދުޢާތައް ނުކުރެވުމެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion