އެކުގައި ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނިގެން ނޫން ގޮތަކަށް ވަރިކުރާ މީހާ އާއި ވަރިވާން އެދޭ މީހާ އެދަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތާއި ސީދާ ދެކޮޅަށެވެ! ހަމަ ކަމެއް މެދުވެރިވާއިރަށް ވަރިވުމަކީ އަދި ވަރިކުރުމަކީ އެކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތެއް ނޫނެވެ. ވަރިއާއި ހަމައަށް ދާންޖެހޭނީ އެކުގައި ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހު ދެން އެހެން ގޮތެއް ނުފެނިއްޖެނަމައެވެ. ކައިވެނި ސަލާމަތްކުރަން މަސައްކަތްކުރަންޖެހޭނީ އެންމެ ފަހަރަކު ނޫނެވެ. އެތައްފަހަރަކުވެސް އެކަމަށް މަސައްކަތްކުރާށެވެ! ކުރާ ހުރިހާ މަސައްކަތްތަކެއް ފޭލްވެ ވަރިކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ވަރިނުކުރާށެވެ! އަދި ވަރިވުމަށްވެސް ނޭދޭށެވެ. ދެން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތްވަރަށް މަސައްކަތްކުރުމުންވެސް ކާމިޔާބު ނުކުރެވިއްޖެ ނަމަ ވަރިކުރުމަކީ އަދި ވަރިވުމަކީވެސް ރަޙްމަތެވެ!
އިތުރަށް ވިދާޅުވޭ

Article Categories:
Religion