Feb 25, 2021
120 Views
Comments Off on އެލައިޑުގެ އިސްލާމިކް ވިންޑޯއަށް ހަތް އަހަރު 3 hr
0 0

އެލައިޑުގެ އިސްލާމިކް ވިންޑޯއަށް ހަތް އަހަރު 3 hr

Written by

އެލައިޑް އިންޝުއަރެންސްގެ އިސްލާމިން ވިންޑޯ، އަޔާދީ ތަކާފުލްއަށް ހަތް އަހަރު ފުރުން ފާހަގަކޮށްފި އެވެ.

މިއީ ރާއްޖޭގައި ފުރިހަމަ އިންޝުއަރެންސް ހައްލު ފޯރުކޮށްދިނުމުގެ މަގުސަދުގައި އެލައިޑުގެ ކުޑައިގެ ދަށުން ހުޅުވި ކުންފުންޏެކެވެ. އަޔާދީ ތަކާފުލް އަކީ އިސްލާމިކް އިންޝުއަރެންސްގެ ހިދުމަތް ދޭން ފެށި ދިވެހި ފުރަތަމަ ކުންފުންޏެވެ.
ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި އަޔާދީ ތަކާފުލް އިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތައް ހޯދައިފަ އެވެ. އެގޮތުން، އެ ކުންފުނިން ދޭ “ހައްޖު އަދި އުމްރާ ތަކާފުލް” އަށް ވަނީ އިސްލާމިކް ފައިނޭންސް އޮފް ސައުތު އޭޝިއާ (އިފްސާ)ގެ ގޯލްޑް ޕްރޮޑްކްޓް އޮފް ދަ އިޔާގެ އެވޯޑު ލިބިފަ އެވެ. އަދި މި ސަރަހައްދުގެ ގިނަ އަދަދެއްގެ ކުންފުނިތަކާ ވާދަކޮށް، 2016 އިން 2019 އާ ހަމައަށް އެ ކުންފުނިން ވަނީ ކޮންމެ އަހަރަކު ތަކާފުލް ވިންޑޯ އަދި ޔުނިޓް އޮފް ދަ އިޔާގެ އެވޯޑު ވެސް ހާސިލްކޮށްފަ އެވެ.
އެލައިޑުން ބުނި ގޮތުގައި އަޔާދީ ތަކާފުލްގެ ކާމިޔާބީގެ އަސްލަކީ އެ ކުންފުނިން ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނެވެ.
އަޔާދީ ތަކާފުލް އިން ވަނީ ރާއްޖެއަށް ުޅިން އާ ޕްރޮކްޓުތައް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން، 2016ވަނަ އަހަރު ތައާރަފު ކުރި ލައިފް އިންޝުއަރެންސް “ފެމިލީ ތަކާފުލް” އަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕްރޮޑަކްޓެކެވެ. އަޔާދީއަކީ މިއަދާ ހަމައަށްވެސް ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި އިންޝުއަރެންސް ކުންފުންޏެވެ.
މީގެ އިތުރުން އެލައިޑުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއްގެ އިސްލާމިކް އިހުތިޔާރުވެސް އަޔާދީން ލިބޭނެ އެވެ. މި ހިދުމަތްތައް އެލައިޑުގެ ޕޯޓަލް www.myallied.mv އާއި އެ ކުންފުނީގެ އެޕުން ލިބޭނެ އެވެ.

Source link

Article Categories:
Business

Comments are closed.