Feb 25, 2021
109 Views
Comments Off on މި ރަށުގައި އުޅެނީ 15 މީހުން، ދެން ހުސް ބުޅާ!
0 0

މި ރަށުގައި އުޅެނީ 15 މީހުން، ދެން ހުސް ބުޅާ!

Written by

ޕެޓެއްގެ ގޮތުގައި ޖަނަވާރު ގެންގުޅޭ މީހުން އަހަރަމެންތެރޭ މަދެއްނޫނެވެ. މީގެތެރެއިންވެސް ގިނަ ވާނީ ބުޅާ ގެންގުޅޭ މީހުންނެވެ. މިފަހަރު މިއޮތީ ބުޅަލަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަށް ކަތިލާނެ ވަރުގެ ރަށެއްގެ ވާހަކައެވެ.

ޖަޕާނުގެ ދެކުނުގެ ސަރަހައްދެއް ކަމުގައިވާ އޮޒޫ ޑިސްޓްރިކްޓްގެ ބައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އައޮޝިމާ ރަށަކީ 1.6 ކިލޯމީޓަރު ބޮޑު އަވަށެކެވެ. ރަށު ތެރޭގައި ބުޅާ ގިނަކަމުން މިރަށަށް ދެވިފައިވާ ނަމަކީ ބުޅަލުގެ ސަހަރެވެ. ނުވަތަ “ކެޓް އައިލެންޑް”އެވެ. މިރަށުގެ ބުޅަލުގެ އާބާދީ އާއި ރައްޔިތުންގެ އާބާދީ އަޅާ ކިޔާ ނަމަ ރޭޝިއޯ އަކީ 6:1 އެވެ. އެހެން ކަމުން މިރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވުރެ ގިނައީ ބުޅަލެވެ.

ރަށަށް އަންނަ މެހެމާނުންނަށް ވެސް އެންމެ ފުރަތަމަ މަރްހަބާ ކިޔާ ފަރާތްތަކަކީ މިބުޅާތަކެވެ. މިރަށުގެ ހުރިހާ ސަރަހަށްދެއްގައިވެސް ބުޅާއުޅޭކަމަށް ވެއެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނާނީ ބުޅެލެވެ. ތަފާތު ކުލަކުލައިގެ ނަލަ ބުޅާތަކުން މިރަށް އޮށްނަނީ އަމާންވެފައެވެ. މިރަށުގައި އުޅޭ ބުޅާތަކީ އިންސާނުންނަށް ހަމަލާދޭ ވައްތަރުގެ ބުޅާތަކެއް ނޫނެވެ. މިބުޅާތަކުގެ ނާސްތާއަކަށް ވެފައިވަނީ މިރަށަށް އަންނަ ޓުއަރިސްޓުން ގެންނަ ރައިސްބޯލްސް އާއި ޓުއަރިސްޓުން ކާލުމަށް ފަހު އެއްލާލާ ކާއެއްޗެއްސެވެ. މިތަކެތީގެ އިތުރުން މިރަށުގައި އުޅޭ ރައްޔިތުން ބަރާބަރަށް މި ބުޅާތަކަށް ކެޓް ފުޑް ދީ ބުޅާތަށް ވަރަށް ލޮތްބާއެކު ގެންގުޅެއެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Life Style

Comments are closed.