Feb 25, 2021
101 Views
Comments Off on މެސީ ދެ ގޯލާ އެކު ބާސެލޯނާ އިން އެލްޗޭ ބަލިކޮށްފި
0 0

މެސީ ދެ ގޯލާ އެކު ބާސެލޯނާ އިން އެލްޗޭ ބަލިކޮށްފި

Written by

ބާސެލޯނާ (ފެބްރުއަރީ 25) – ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު ބާސެލޯނާ އިން 3-0 އިން އެލްޗޭ ބަލިކޮށްފި އެވެ.

ބާސެލޯނާ އިން ރޭ ހޯދި މޮޅާ އެކު ވަނީ ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 24 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ. ހަަމަ އެ އަދަދަށް މެޗު ކުޅެފައިވާ ބާސެލޯނާ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފްގަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި މެސީ ބާސެލޯނާ އަށް ލީޑުނަަގައިދިނީ މާޓިން ބްރެއިތުވެއިޓް ދިން ބޯޅައަކުންނެވެ. މެސީ އޭނާގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މިއީ ފްރެންކީ ޑި ޔޯން ތަނަަވަސްކޮށްދިން ފުރުސަތަކުން މެސީ ޖެހި ގޯލެކެވެ. މި ދެ ގޯލާ އެކު މެސީ ވަނީ ލީގުގައި 18 ލަނޑު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް އުމުރުން 33 އަހަރުގެ މެސީ އެވެ.
މެޗުގެ 73 ވަނަ މިނިޓްގައި ބްރެއިތުވެއިޓް ދިން ބޯޅަ އަކުން ބާސެލޯނާގެ ފަހު ގޯލު ޖެހީ ޖޯޑީ އަލްބާ އެވެ.
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅެއް ލިބިފައިނުވާތީ ރޭގެ މެޗަށް ނުކުތީ ވަރަށް ބޮޑަށް ނަތީޖާ އަށް ފޯކަސް ކޮށްގެން ކަމަށެވެ. ކޫމަން ވަނީ ރޭގެ މެޗުގައި މެސީގެ ފަރާތުން ފެނުނު ކުޅުމާއި ލީޑަޝިޕަށް ތައުރީފުކޮށްފަ އެވެ.

Source link

Article Categories:
Sports

Comments are closed.