[bsa_pro_ad_space id=2]
ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭނަމަ ދަރިން ލިބުމުގައި ދެގޮތަކުން ރަޙްމަތް ލައްވަވާނެތެވެ. ފުރަތަމަ ގޮތަކީ ދަރިން ނުލިބޭ މީހުންނަށް ދަރިން ދެއްވެވުމެވެ. ދެވަނަ ގޮތަކީ ލިބިފައިވާ ދަރިންނަކީ ހެޔޮލަފާ ދަރިންކަމުގައި ލެއްވެވުމެވެ. މިކަމުގެ ދަލީލަކީ ހެޔޮލަފާ މީހުންގެ (ގިނަ) ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުވާކަމެވެ. ކުއްޖަކަށް ނުބައިމަގަކުން ދެވުނު ނަމަވެސް އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާކަމެވެ. ވީމާ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ މައްޗަށް އިންޓަރނެޓް ވެރިވެގެންފައިވާ މިޒަމާނުގައި ދަރިންނަށްޓަކައިވެސް މައިންބަފައިން ގިނަގިނައިން ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންޖެހެއެވެ.
[bsa_pro_ad_space id=3]
Article Categories:
Religion