Feb 25, 2021
86 Views
Comments Off on ގާނޫނާއެކު ޓުއާ އޮޕަރޭޓަރުންނަށް ވިޔަފާރި ފުޅާކުރެވޭނެ 1 1 hour
0 0

ގާނޫނާއެކު ޓުއާ އޮޕަރޭޓަރުންނަށް ވިޔަފާރި ފުޅާކުރެވޭނެ 1 1 hour

Written by

ޓުއާ އޮޕަރޭޓަރުންގެ ގާނޫނާ އެކު ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް ވިޔަފާރީގައި އިތުރު ފުރުސަތުތައް ލިބި، ވިޔަފާރި ފުޅާ ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އޭޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ބޭއްވި ވޯކްޝޮޕްގައި މައުސޫމް ވިދާޅުވީ، ލޯކަލް ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމުގައި މުހިއްމު ބައެއް ކަމަށެވެ.
“ލޯކަލް ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ދައުރެއް އަދާކުރާ މީހުން. ޓޫރިސްޓުންނަށް ކާރިސާއެއް ދިމާވިއަސް، 24 ގަޑިއިރު ރެއާ ދުވާލު އެބޭފުޅުން މަސައްކަތް ކުރި،” އޭނާ ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވީ، ޓެކްނޮލޮޖީއާ އެކު މިއަދު ޓްރެވަލް އެޖެންޓުންގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށެވެ. ޒަމާނީ ވާދަވެރިކަމާ އެކު ވެސް ދިވެހި ވިޔަފާރިވެރިންނަށް އިސްކަން ދީގެން ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވީ، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބަދަލުގައި ދިވެހިން މެދުވެރިކޮށް ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވެއްޖެ ނަމަ، ރާއްޖެ އަށް ވަންނަ ޑޮލަރު އިތުރުވާނެ ކަމަށެވެ.
ރާއްޖޭގައި 400 އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުން ތިބި އިރު ކޮވިޑާ ގުޅިގެން ގިނަ ޓްރެވަލް އޭޖެންސީތަކުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަލަށް ހަދާ ގާނޫނާ އެކު ދިވެހި ޓްރެވަލް އެޖެންޓުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

Source link

Article Categories:
Business

Comments are closed.