ޓެކްސީ ޑްރަވައިރު ގާސިމް ހަސަން މަރާލެވުނީ އޮޅިގެން ކަމަށް ބުނެ، އެކަން ހިނގައި ދިޔަ ގޮތް ގާސިމް މަރާލި މައްސަލައިގައި ދައުވާ ކުރާ ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މިއަދު ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފި އެވެ.ދިގުމިނުގައި ހަ އިންޗު ހުރި ވަޅިއަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު ރެ އެވެ. ގާސިމް މަރާލީ އޭނާގެ އަތުން އަދުހަމް ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News