ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދެނީ ގޭގެ ދޮރުތައް ތަޅުލައި އަދި ތަންޑުވެސް އެޅުމަށެވެ. އެއީވެސް ކުރަންޖެހޭ ކަމެއް ނަމަވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ޝައިޠޯނާއަށް ތިބާގެ ހިތުގެތެރެއަށް ވަދެވެން ހުރި ދޮރުތައް ތަޅުލައި ތިބާ އާއި ކައިރިވެސް ނުވެވޭނެ ގޮތް ހެދުމަށެވެ. ޝައިޠޯނާއަށް ތިބާ އާއި ކައިރިވެވެން ހުރި މަގުތައް ބަންދުކުރަން ކުރަންޖެހޭ ފުރަތަމަކަމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. އެއަށްފަހު މީސްތަކުންނަށް އޯގާތެރިވެ ހެޔޮކޮށްހިތުމެވެ. މީސްތަކުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރުމެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion