Feb 25, 2021
110 Views
Comments Off on ޝިލްޕާ ޝެޓީ ހުރީ ފިނޮޅު މޯލްޑިވްސްގައި
0 0

ޝިލްޕާ ޝެޓީ ހުރީ ފިނޮޅު މޯލްޑިވްސްގައި

Written by

ދިވެހިރާއްޖެ އަށް އެންމެ ގިނައިން ޗުއްޓީ އަށް އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ ޝިލްޕާ ޝެޓީ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ އާއި ފިރިމީހާ ރާޖް ކުންދުރާ އާއި ދެ ދަރިން މި ވަގުތު ޗުއްޓީ ހޭދަކުރަނީ ފިނޮޅު މޯލްޑިވްސްގަ އެވެ. ޝިލްޕާ އާއިލާއާ އެކު ރާއްޖެ މި އަށް މި ފަހަރު އައިސްފައި މި ވަނީ މީގެ ހައެއްކަ ދުވަސްކުރިން އޭނާ ކުރިން ރާއްޖެ އަށް ކުރި ދަތުރެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް ރާއްޖެ އަށް ދާން އުޅޭކަމުގެ އިޝާރާތެއް ވެސް ދިނުމަށް ފަހުގަ އެވެ.

ފިލްމު “ބާޒީގަރް” އިން 1993 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބޮޑު ސްކްރީނާ ދުރުގައި ހުންނަތާ 13 ވަރަކަށް އަހަރު ފަހުން 2019 ގައި ދެ ފިލްމަކަށް ސޮއިކޮށް މިދިޔަ އަހަރު ވަނީ އޭގެ މަސައްކަތްތައް ނިންމާލައިފަ އެވެ. އެއީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ “ނިކައްމާ” އާއި “ހަންގާމާ 2” އެވެ.

މި ދެ ފިލްމުގެ ތެރެއިން ފުރަތަމަ ރިލީޒްކުރާނެ ކަމަށް ބެލެވެނީ ސަބީރް ޚާން ޑައިރެކްޓްކޮށްފައިވާ “ނިކައްމާ” އެވެ. އޭގައި ޝިލްޕާ ފެންނާނީ އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފުކުރާ ޝާލީ ސެތިއާއާ އެކީގަ އެވެ. އަބިމަންޔޫ އަކީ “މޭނޭ ޕިޔާރު ކިޔާ” ކުޅުނު ބަތަލާ ބަގިޔާޝްރީގެ ދަރިފުޅެވެ.

ޕްރިޔަދަރުޝަން ޑައިރެކްޓްކޮށްފައިވާ “ހަންގާމާ 2” ގައި ޝިލްޕާއާ އެކީ ޕަރޭޝް ރާވަލާއި މީޒާން ޖެފްރީ އަދި ޕްރަނީތާ ސުބާޝް ހިމެނެ އެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވބި ފިލްމު “ދަޅުކަން” ގެ ބަތަލާ ވަރަށް އަވަހަށް ސޮނީ ޓީވީން ގެނެސްދޭން އުޅޭ “ސުޕަ ޑާންސާ” ޗެޕްޓާ ތިނެކުން ވެސް ފެންނާނެ އެވެ. އެ ޝޯގެ ފުރަތަމަ ދެ ސީޒަނުގައި ވެސް ޝިލްޕާ ޖަޖްކަންކޮށްފައިވެ އެވެ.



Source link

Article Categories:
Entertainment

Comments are closed.