Feb 25, 2021
144 Views
Comments Off on ޞާލިޙު ރަޙުމަތްތެރިއަކީ ކިހާބޮޑު ނިޢުމަތެއްކަން އެނގޭތަ
0 0

ޞާލިޙު ރަޙުމަތްތެރިއަކީ ކިހާބޮޑު ނިޢުމަތެއްކަން އެނގޭތަ

Written by



މާނަ: ”ރަނގަޅު ރަޙުމަތްތެރިޔަކާއި ނުރަނގަޅު ރަޙުމަތްތެރިއެއްގެ މިސާލަކީ އަތަރު ވިއްކާ މީހަކާއި ކަނބުރުވެރިއެއްގެ މިސާލެވެ. އެހެންކަމުން، އަތަރު ވިއްކާ މީހާ ތިބާއަށް ކޮންމެވެސް އެއްޗެއް ދޭނެއެވެ. ނުވަތަ ތިބާ އޭނާގެ އަތުން ކޮންމެވެސް އެއްޗެއް ގަންނާނެއެވެ. ނުވަތަ އަތަރު ވިއްކާ މީހާގެ ކިބައިން މީރުވަސް ލިބުމުގެ އުފާ ލިބޭނެއެވެ. ކަނބުރުވެރިޔަކަށް ބަލާއިރު، އޭނާ ތިބާގެ ފޭރާން އަންދާލާނެ އެވެ. ނޫންނަމަ ތިބާއަށް އޭނާގެ ފަރާތުން ނުބައި ވަހެއް ފޯރުވައެވެ“  (ބުޚާރީ މުސްލިމް)މިޙަދީޘްގެ ޝަރަޙައިގައި އިމާމް އައްނަވަވީ ވިދާޅުވަނީ ނަބިއްޔާ (صلى الله عليه وسلم)، ރަނގަޅު ރަޙުމަތްތެރިއަކާއި އަތަރު ވިއްކާ މީހަކާއި މިސާލު ޖެއްސެވީ ކަމުގައެވެ. އަދި ރަނގަޅު ރަޙުމަތްތެރިން ތިބުމުގެ މަތިވެރި ކަމުގެ ވާހަކަ ޙަދީޘް ކުރެއްވިއެވެ. އެމީހުންގެ ކިބައިގައި އަޚްލާޤާއި، ތަޤްވާވެރިކަމާއި، ޢިލްމާއި އަދި ރަނގަޅު އާދަތައް ވާނެއެވެ. އެފަދަ މީހުންނަކީ އެމީހުންގެ ކިބައިން އަހަރެމެންނަށް މަތިވެރިކަން ލިބިދޭ މީހުންނެވެ. އަދި އެކަލޭގެފާނު (صلى الله عليه وسلم) ވަނީ ނުބައި ޢަމަލް ކުރާ މީހުންނާއި، ގިނަ ފާފަތަކާއި އެހެނިހެން ނުބައި ޢަމަލުތައް ކުރާ މީހުންނާއި، އަދި ބިދުޢަވެރިންނާއި، ޣީބަ ބުނާ މީހުންނާއި މިނޫންވެސް މިފަދަ މީހުންނާއި އެކުގައި އިށީނުން އަހަރެމެންނަށް މަނާކުރައްވާފައެވެ.



އިތުރަށް ވިދާޅުވޭ

Article Categories:
Life Style

Comments are closed.