ކޮންމެ ދުވަހަކީ ދިރިއުޅުމުގެ ކަންކަން އެއްގޮތަކަށް ހުންނާނެ ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކީ އެއްފެންވަރަކަށް އުފާވެރިކަން ލިބިގެން ހުރެވޭނެ ދުވަހެއްވެސް ނޫނެވެ. ހިތަދަތިކަންވެސް ކުރިމަތިވާނެއެވެ. “މޫޑީ” ދުވަސްތައް އަންނާނެއެވެ. ނެގިމަޑުވެފައި ހުރެވޭ ދުވަސްތައްވެސް ކުރިމަތިވާނެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމުން އެކަމުގެ ވާހަކަތައް މީސްތަކުންނަށް ކިޔައިދީ އެކަން މެދުވެރިވި ސަބަބު އޮޅުންފިލުވަން އެންމެގާތް އެކުވެރިންނާއިވެސް ސުވާލުނުކުރާށެވެ! އެމީހުންނަކަށް އެކަމުގެ ސަބަބެއް ނުއެނގޭނެއެވެ. އަދި ތިބާގެ ޠަބީޢަތަށް ބަދަލު އައި ސަބަބު ނުވަތަ ތިބާއަށް ކުރިމަތިވި ކަންކަން ކުރިމަތިވަން މެދުވެރިވި ސަބަބު ތިބާއަށްވުރެ ބޮޑަށް އެހެން މީހަކަށް އެނގޭނެ ކަމަށްވެސް ހީނުކުރާށެވެ!
އިތުރަށް ވިދާޅުވޭ
Article Categories:
Religion