އުރީދޫ މޯލްޑިވްސްއިން ކެރެޑިޓް/ޑެބިޓް ކާޑާ ނުލާ އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމަރސް ޕެލެޓްފޯރމްތަކުގެ ގިފްޓް ކާޑް ފޯރުކޮށްދޭ ކާރޓީ ސްޓޯރ ރާއްޖެއަށް ތައާރަފްކޮށްފި.އުރީދޫ މޯލްޑިވްސްއިން ގޭމިންގް ކޯޑް އަދި އީ-ގިފްޓް ކާޑް ބައްލަވައިގަނެވޭ އިންޓަރނޭޝަނަލް އޮންލައިން ޕްލެޓްފޯމް ކާރޓީ ސްޓޯރ މިއަދު ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާރލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާރސް އަދި ގޭމިންގ ޕްލެޓްފޯރމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ބައްލަވައިގަނެވޭނެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion