Feb 26, 2021
95 Views
Comments Off on އަންދަލުސްގެ ޕްރިންސް 20
0 0

އަންދަލުސްގެ ޕްރިންސް 20

Written by

ލުދްރީކް އަވަސްވެގަތީ ފްލޮރިންޑާގެ ކޮޓަރިއަށް ވަނުމަށެވެ. އެ ގަނޑުވަރު ތެރެއިން އެއްވެސް މީހެއްގެ ޚަބަރެއްނުވުމުން ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. ފްލޮރިންޑާގެ ކޮޓަރިއަށް ބޭރުގައި އުފެދުނު ތޫފާން އަރާފައިހެން ހީވިއެވެ. ސާމާނުތައް އެކި ދިމާލަށް އުކާލާފައެވެ. އެންމެންގެ ނަމުން ގޮވާފައި މޮޔައެއްހެން ދެކޮޅަށް ހިނގިއިރު ދިރޭ ފުރާނައެއް ހުރިކަމުގެ އެއްވެސް ޖިލަމެއް ނުވިއެވެ. އޭނަ ދިރިއުޅޭ ބަޔާއި ދިމާލަށް ހިނގައިގަތްއިރު ރުޅީގެ ސަބަބުން މޮޔަވެދާން އުޅެއެވެ. ދަންވަރުގެ ވަގުތު ކަމަށް ވިޔަސް އޭނަ ގަނޑުވަރު ބަލަހައްޓަން އިސްވެ އުޅޭ ހާކިމަށް ގޮވާލިއެވެ. އަދި މި ގަނޑުވަރަށް މިރޭ ވަނީ ކޮން ބަޔެއްކަން އެނގޭތޯ ސުވާލުކުރިއެވެ. އޭނަ ޚާދިމުން ކުރެން އެހުމުން އެންމެންވެސް ބުނީ ފުރަތަމަ ފަންގިފިލާގައި ތިބުމުން އެކަމުގެ އެނގުމެއް ނުވިކަމަށެވެ. އެކަމަކު އެމީހުންނަށް ޔަގީން ވާކަމަކީ ގަނޑުވަރުގެ އެއްވެސް ދޮރެއް ހުޅުވާފައި ނެތްކަމެވެ. ކަޅުފޮއި އަނދިރި ރެއެއްކަމުން އެހެން ވަނަސް އެނގޭނީއެއްވެސް ނޫނެވެ. ވާރެއާއި ތޫފާނީ މޫސުމްގެ ސަބަބުން ތަހުގީގު ކުރަން ދާންވެސް ނުކުޅެދުނެވެ. އެހާ ފިނިކަން ގަދައެވެ.ފާރަވެރިން ކައިރިން ސުވާލުކުރުމުން އެމީހުންވެސް ބުނީ ތޫފާންގެ ސަބަބުން އެހެން ކަމަކަށް ސަމާލުކަމެއް ނުދެވުނު ކަމަށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
News

Comments are closed.