Feb 26, 2021
196 Views
Comments Off on ވައްކަމާއިދެކޮޅަށް ދޭންޖެހޭ ވެކްސިން ޚުޠުބާގަ ބަޔާންކުރި – މައްސަލައަކީ ވެކްސިން ޖަހަން ނުކުޅެދިފައިވުން!
0 0

ވައްކަމާއިދެކޮޅަށް ދޭންޖެހޭ ވެކްސިން ޚުޠުބާގަ ބަޔާންކުރި – މައްސަލައަކީ ވެކްސިން ޖަހަން ނުކުޅެދިފައިވުން!

Written by

މިއަދުގެ ހުކުރު ޚުޠުބާ ފެށިގެން އައީ ވައްކަމާއި ދެކޮޅަށް، ވައްކަންކުރުން ހުއްޓުވުމަށް ޖަހަން އޮތް ވެކްސިންގެ ވާހަކައިންނެވެ. އެއީ ﷲ ތައާލާ ހައްދު ބާވައިލައްވަވާފައިވާ ފާފައެއްގެ ވާހަކައިންނެވެ. މެދުތެރޭގައި ކިޔާފައިވަނީ ވެކްސިނެއް ނުފެނިގެންއުޅޭ ވާހަކައިންނެވެ. ދެން އިވުނީ ވެކްސިނަކީ ކޮބައިކަމެވެ. އިވިގެންދިއައީ އެއީ ވައްކަންކުރާ ފިރިހެނުންނާއި އަންހެނުންގެ އަތްކެނޑުން ކަމަށް ކީރިތި ޤުރްއާނުގައި އޮތް ވަޙީ ބަސްފުޅެވެ. މައްސަލައަކީ ﷲ ތައާލާގެ ޙުކުމްފުޅު ތަަންފީޒުކުރަން ނުކެރުން ނޫންތޯއެވެ؟ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅަށް ޢަމަލުކުރަން ބޭނުންނުވުން ނޫންތޯއެވެ؟ ތިމާމެންނަކީ ﷲ ތަޢާލާއަށްވުރެ މޮޅަށް ކަންކަން އެނގޭ ބައަކުކަމަށް ޤަބޫލުކޮށް ﷲ ތައާލާގެ ޙުކުމްފުޅުތަކަށް ގޮންޖަހައި ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދު ޤާއިމުނުކުރުން ނޫންތޯއެވެ؟ 

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.