ވީޑިއޯގައި އެވާހަކަދައްކާ އަންހެންކުއްޖާއަކީ އޭނާ އިސްލާމްވުމުން ޢާއިލާއިން އޭނާ ދެކެންވެސް ބޭނުންނުވި އަންހެންކުއްޖެކެވެ. މައިންބަފައިންނާއި އަޚުންނާއި އުޚުތުންނާއި ޢާއިލާގެ އެންމެން ހމަ އެންމެ 2 ގަޑިއިރުގެތެރޭގައި ގެއްލިގެންދިއަ އަންހެން ކުއްޖެކެވެ. އޭނާގެ ބަސް އަޑުއައްސަވައިލައްވާށެވެ! “އަހަރެން މުޅި އުމުރުގައިވެސް ޢާއިލާމަތިން ހަނދާންކުރާނަމެވެ. މިއީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނެކެވެ. އަހަރެންގެ މައިންބަފައިންނަކީވެސް ބެލެނިވެރިއަކީވެސް މިއަދު ﷲ ތަޢާލާއެވެ. އަހަރެން މިހުރީ ހަމަ ހިތްހަމަޖެހިގެންނެވެ. އުފަލުގައެވެ. މައްސަލަތައް ކުރިމަތިކުރައްވަވާނީވެސް މައްސަލަތަކަށް ޙައްލުދެއްވަވާނީވެސް ﷲ ތަޢާލާއެވެ. ވީމާ އަހަރެން އެއްވެސް މިންވަރަކަށް ކަންބޮޑެއް ނުވަމެވެ.”
އިތުރަށް ވިދާޅުވޭ
Article Categories:
Religion