Feb 26, 2021
95 Views
Comments Off on މިއީ 100 ރެކޯޑް ހަދަން އުޅޭ މީހެއް، މިހާރު 18 ރެކޯޑް ހަދައިފި
0 0

މިއީ 100 ރެކޯޑް ހަދަން އުޅޭ މީހެއް، މިހާރު 18 ރެކޯޑް ހަދައިފި

Written by

މިއީ ތަފާތު ގޮތަކަށް ދުނިޔޭގެ ރެކޯޑް ފޮތަށް 18 ފަހަރު އަރާފައިވާ މީހެކެވެ. ދުބާއީގައި 2003 އިން ފެށިގެން ދިރިއުޅެމުން އަންނަ އިންޑިއާގެ ރާމްކުމާރު ސަރަންގަންޕާނީ ރެކޯޑް ހަދަނީ އޭނާގެ ޒާތުގައި ހަމަ ވަރަށް ތަފާތު ގޮތަކަށެވެ.

ރާމްކުމާރުގެ ހާއްސަ ކަމަކީ އެކި ކަހަލަ އެއްޗެހި ބޮޑެތި ސައިޒުތަކުންނާއި ވަރަށް ކުދި ސައިޒްތަކުން ހެދުމެވެ. އޭނާ މިހާތަނަށް އެފަދަ އެއްޗެހި ހަދައިގެން 18 ރެކޯޑެއް ކަށަވަރުކޮށްފައިވެ އެވެ.
އޭގެ ތެރޭގައި އެންމެ ބޮޑު ކަންފަތުލާ މުދި (200 ސެންޓީމީޓަރު)، އެންމެ ބޮޑު ގިފްޓް ކާޑު (6.15 މީޓަރު)، އެންމެ ބޮޑު ނަމްބަރު ޕްލޭޓް (2.97 އަކަމީޓަރު)، އެންމެ ބޮޑު ޑެސްކް ކަލަންޑަރު ( 6.2525 އަކަމީޓަރު)، އެންމެ ކުޑަ ތާސްބައި ކާޑު އަދި އެންމެ ބޮޑު ބިޒްނެސް ކާޑު (6.00 އަކަމީޓަރު) ފަދަ ރެކޯޑްތައް ހިމެނެ އެވެ.
ދެކުނު އިންޑިއާ އަށް ނިސްބަތްވާ 41 އަހަރުގެ ރާމްކުމާރަކީ މި ވަގުތު ގަލްފް ސަރަހައްދުގައި އެކެއްގެ އަތުގައި އެންމެ ގިނަ ރެކޯޑް އޮތް މީހާ އެވެ. އަދި އިންޑިއާ އަށް ނިސްބަތްވާ މީހަކަށް އެންމެ ގިނަ ރެކޯޑް އޮތް މީހަކީ ވެސް އޭނަ އެވެ. ރާމްކުމާރުގެ އަމާޒަކީ ރެކޯޑްތަކުގެ އަދަދު 100 އަށް އެރުވުމެވެ. އެގޮތުން އެކިއެކި އެއްޗެހި އާންމު ސައިޒްތަކަށް ވުރެ ބޮޑު އަދި ވަރަށް ކުދިކޮށް އޭނާ ހަދާނެ އެވެ.

He already holds records for the largest license plate, the largest playing card and the smallest deck of cards!— Guinness World Records (@GWR) February 25, 2021

“މިކަންކޮށްފައި ނޫނީ ހުއްޓަލައެއް ނުލާނަން. އެންމެ މަދުވެގެން ވެސް ސަތޭކަ ރެކޯޑް ހެދުން އަހަރެންގެ އަމާޒަކީ،” ފައިނޭންސް ދާއިރާ އިން ކިޔަވައި 2012 ގައި އަމިއްލަ ކުންފުންޏެއް އުފެއްދުމުގެ ކުރިން ޔޫއޭއީގެ ވަރަށް ގިނަ ކުންފުނިތަކުގައި މަސައްކަތްކޮށްފައިވާ ރާމްކުމާރު ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ރެކޯޑްތައް ހަދަން ފެށުމުގެ ފޯރި އުފެދުނީ އެއީ ނުވާނެ ކަމެކޭ ބުނެ ރައްޓެހިންތަކެއް 2017 ގައި އޭނާއާ ޖަދަލުކުރި ހިސާބުންނެވެ.
“ރައްޓެހިން ބުނަނީ އެކަހަލަ ކަމެއް ކުރެވޭނީ ސުޕަހިއުމަނުންނަށޭ. އެހެންވެ އަހަރެން ބޭނުންވީ އަހަންނަކީ އެ ބުނާ ކަހަލަ މީހެއްކަން ސާބޮތުކޮށްދޭން،” ރާމްކުމާރު ބުންޏެވެ.
އޭނާ އަށް 2017 ފުރަތަމަ ރެކޯޑް ލިބުނި އެންމެ ދިގު ދަގަތްފާނުގެ ޗޭނު އުފައްދައިގެންނެވެ. އެ ރެކޯޑްގެ ފަހުން ފަސް އެނބުރި ބެލުމެއް ނެތެވެ. ފުލުފުލުން އޭނާ އަންނަނީ ރެކޯޑް ފޮތަށް ނަން އަރުވަމުންނެވެ. ރާމްކުމާރު މިހާތަނަށް ކަށަވަރުކުރި 18 ރެކޯޑްގެ ތެރެއިން 14 ރެކޯޑް ހެދީ މިދިޔަ އަހަރު އެވެ.

Ramkumar Sarangapani (UAE) had a busy #GWRDay – setting SIX new records!His records include the largest magnet sentence and the smallest pack of cards… 🃏 pic.twitter.com/XDDLWDszJf— Guinness World Records (@GWR) November 19, 2020

ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު ދިގު ލޮކްޑައުންގެ ތެރޭގައި އުޅެން ޖެހުމުން އެ ވަގުތުގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފި އެވެ.
“ބޭނުން ވަނީ ސަތޭކަ ރެކޯޑް ހަދާށޭ ބުނީމަ މީހަކު ހައިރާން ވެސް ވެދާނެދޯ؟ އެކަމަކު އެއީ ނުވާނެ ކަމެއް ނޫން. ރެކޯޑް ހަދަން މަސައްކަތްކުރުމަކީ މިހާރު އަހަރެންގެ މައިގަނޑު ހޮބީ.” ރާމްކުމާރު ބުންޏެވެ. “އެހެންވީމާ އެކަން ކުރެވޭނެ.”
މި ވާހަކަތަކާ އެކު އޭނާ ބުނީ މިހާރު އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން ރެކޯޑްގެ އަދަދު 25 އަށް އެރުވުން ކަމަށެވެ.
“އަސްލު ރެކޯޑަކަށްވާ ކަހަލަ މަސައްކަތެއްގެ ބޮޑު ބަޔަކީ އެކަމަށް ކުރާ ޕްލޭން. އެންމެ ފަސޭހައީ އެއްޗެއް އެކްޒެކިއުޓްކުރުން [ގެނެސްދިނުން].” ރާމްކުމާރު ބުންޏެވެ.
މިހާތަނަށް ލިބުނު ހުރިހާ ރެކޯޑެއްގެ ސެޓްފިކެޓްތަކަކީ ވެސް އޭނާ ވަރަށް ރަނގަޅަށް ބަލަހައްޓާ އެއްޗިއްސެވެ. ހުރިހާ ސެޓްފިކެޓެއް ވެސް ހުންނަނީ ފާރުގައި ތަރުތީބުން ހަރުކޮށްފަ އެވެ.

Source link

Article Categories:
Life Style

Comments are closed.