އަދުގެ މުޖުތަމަޢުގައި ދުންފަތުގެ އިސްތިޢުމާލުކުރމަކީ ވަރަށް އާންމު ކަމެކެވެ. ފިރިހެނުން އެކަންޏެއް ނޫނެވެ. އަންހެނުންވެސްމެއެވެ. ކޮފީ ތަކަށް އަރާލާ ޝީޝާ ބޯލުމަކީ ސްޓައިލަކަށް ވެއްޖެއެވެ.
ދެން މިއޮތީ އެފަދަ މީހުންނަ އިނދެގެން އުޅޭ މީހުންގެ ޝަކުވާއެވެ. ހަމަ ކިޔާކިޔާވެސް ސިނގިރެޓް ބުއިން ނުހުއްޓާ ވާހަކައެވެ. މިކަންވެސް އެންމެ އާންމީ ފިރިހެނުންގެ ތެރޭގައެވެ. ދަރިން ކުރިމަތީގައިވެސް ބޮނީއެވެ. އެކަމަކު އެ ދަރީން ސިނގިރެޓް ބޯ ދަރިންނަށް ވާކަށް ބޭނުމެއް އެކަކުވެސް ނުވެއެވެ.