ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން ގިނަ ދުވަސްތަކަކަށްފަހު ސްކްރީނުން ފެނިގެންދިޔަ ވެބް ސީރީޒް “އާރިޔާ”ގެ ދެވަނަ ސީޒަން އިއުލާންކޮށްފި އެވެ.ފުރަތަމަ ސީޒަން އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔުމާއެކު ސުޝްމިތާ ވަނީ އޭގެ ދެވަނަ ސީޒަނެއް އަންނާނެ ކަމަށް ބުނެފަ އެވެ. އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އާންމުންގެ އެދުމުގެ މަތިން ސީރީޒްގެ ދެވަނަ ބައި ގެނެސްދޭން ތައްޔާރަށް ހުރިކަމަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News