އިންސާނާގެ ފުރާނައާއިމެދު މީސްތަކުންނަށް އެނގޭ ހަމަ އެއްވެސް ކަމެއް ނެތެވެ. ﷲ ތަޢާލާ އަނަގްވައިދެއްވެވި ކަމެއް މެނުވީއެވެ. މިސާލަކަށް ބުނާނަމަ ކޮންމެ މީހެއްގެ ފުރާނަ ވަނީ މާކުރިން އުފައްދަވައިފައެވެ. ނަމަވެސް މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ފުރާނައަޅުއްވަވަންދެން އެފުރާނަވާ ތަނެއްގެ މައުލޫމާތު އެއްވެސް މިންވަރަކަށް ލިބިގެނެއް ނުވެއެވެ. ހަށިގަނޑާއި ފުރާނަ އެކުވުމަށްފަހު ނިދަން މަޖުބޫރުވެއެވެ. ސައިންސްވެރިންގެ ހޯދުންތަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ކުރިއެރުމުން ތުއްތު ދަރިފުޅު މައިމީހާގެ ބަނޑުގައި އޮންނައިރުވެސް ނިދާކަން އެބައެނގެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion