Feb 27, 2021
3012 Views
Comments Off on ކުރާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާ މީހަކަށް ވެވިދާނެކަން ޙަދީޘުން އެނގެން އޮތް އެންމެ ފަސޭހަމަގު މިއޮތީ- ބާރަށް ކުރިއަށްދަމާ!: ޢުމަރު ސުލައިމާން
1 0

ކުރާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާ މީހަކަށް ވެވިދާނެކަން ޙަދީޘުން އެނގެން އޮތް އެންމެ ފަސޭހަމަގު މިއޮތީ- ބާރަށް ކުރިއަށްދަމާ!: ޢުމަރު ސުލައިމާން

Written by

ކޮންމެ މީހަކުވެސް އެންމެ އެދޭނެ އެއްކަމަކީ އެމީހާކުރާ ކޮންމެ ދުޢާއެއްވެސް ޢިޖާބަކުރައްވަވައިދެއްވެވުމެވެ. އަދި އެ ނިޢްމަތް ލިބިއްޖެ މީހަކަށް ދުނިޔޭގައި އެއްވެސް ކަމަކާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަދި އާޚިރަތްވެސް ޙާޞިލުވީއެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެވެސް ވަދެވުނީއެވެ. އިން ޝާ ﷲމިމަތިވެރި ނިޢްމަތް ޙާޞިލުކުރުމަކީ މުސްލިމުންނަށް އެހައި އުނދަގޫކަމެއް ނޫނެވެ. އެހެނީ  މައިންނަށް އޯގާތެރިވުމަކީ އެމީހެއްގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރައްވަވާ ކަމެއްކަން ޞަޙީޙް ޙަދީޘުން އެނގެން އެބައޮތެވެ. ވީއިރު އަހަރެމެންނަށް މިއުޅެނީ ކިހިނެއް ވެގެންކަމާއިމެދު ސުވާލު އުފެދެއެވެ. މައިން ބަފައިންނަށް އަޅާލައި އޯގާތެރި ވުމުގެ މައްސަލައަކީ މުޖުތަމައުތަކުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަކަމަށް ވެފައި މިވާސަބަބާއިމެދު ސުވާލުކުރަން މިވަނީ ޖެހިފައެވެ.  

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.