މީގެ ހަމަ އެންމެ 50 ވަރަކަށް އަހަރު ކުރީގއަހަރުތަކަށް ބަލައިފިނަމަ އިންސާނުންނަށް އިބިލީސް ނުފެންނާނެ ކަމަށް ބުނާ މީހުން ވަރަށް ގިނަވާނެއެވެ. އެއީ އެޒަމާނުގައި އިންސާނުންގެ ތެރޭގައި ތިބި އިބިލީހުން މަދުކަމުންނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. މިއަދު އިންސާނުންގެ ތެރޭގައި އިބިލީސްތައް ވަރަށް ގިނައެވެ. މުސްލިމުންގެތެރޭގައިވެސް ހަމަ އެހައި ގިނައެވެ. ބޭރުފުށުން އެމީހުންނަކީ މުސްލިމުންނެވެ. ނަމަވެސް އެމީހުންގެ އަމަލުތަކުން އެއީ ހަމަ އިބިލީހުންނެވެ. ލޮލަށް ނުފެންނަ އިބިލީސްތަކަށްވުރެ ލޮލަށް ފެންނަ އިބިލީސްތަކުގެ ނުރައްކައުތެރިކަން މާބޮޑުކމަށް ބުނެވެނީ އެސަބަބަށްޓަކައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion