އެއްވެސް މީހަކަށް އަނިޔާވެރިވެ، ހިތުގައި ޖައްސާނަމަ އެމީހަކަށް ޙަޤީޤީ އުފާވެރިކަމެއް ދުވަހަކުވެސް ނުލިބޭނެއެވެ. އެއީ އެކަމުން އަންގައިދެނީ އެމީހާގެ ކިބައިގައި ތަޤްވާވެރިކަމެއް ނެތްކަން ކަމުގައިވާތީއެވެ. ކޮންމެ ހުކުރު ޚުޠުބާއެއްގައި ތަޤްވާވެރިވުމަށާއި ޢަދުލުވެރިވެ އިހްޞާންތެރިވުމަށް ވަޞިއްޔަތްކުރަނީ އެ ސަބަބަށްޓަކައެވެ. ތަނަވަސްކަން ލިބިފައިވާނަމަ ޢާއިލާގެ މީހުންނަށް އެހީތެރިނުވުމަކީ ވަރަށް ބޮޑު ފާފައެކެވެ. ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވެވީ މީސްތަކުންނަށް، ވަކިން ޚާއްޞަކޮށް ޢާއިލާގެ މީހުންނަށް އެހީތެރިކަން ފޯރުކޮށދިނުމަށެވެ. އެކަން ނުކޮށް ތިބާ ބޭނުންވާކަންކަން ޙާޞިލުކޮށްގެން ތަނަވަހުގައި ދިރިއުޅޭނަމަ ތިބާއަށް ﷲ ދެއްވެވި ތަނަވަސްކަން ދެއްވެވި މަޤްޞަދާއި ޚިލާފްވެވެނީއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion