މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރި މިންވަރު އޭގެ ކުރީ އަހަރުގެ އެ މަުއްދަތާ އަޅާބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށް ބުނެފިއެވެ.މަރުކަޒީ ބޭންކް، އެމްއެމްއޭގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނީ ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރަން ފެށި ކަމަށެބެ. އަދި ހަތަރުވަނަ ކުއާޓަރާ ހަމައަށް އައި އިރު، މަސްވެރިކަމުގެ ދާއިރާ އަށް އައި ކުރިއެރުން އިތުރުވެފައިވާ ކަމަށާއި މަސްވެރިންގެ އަތުން މަސް ގަންނަ އަދަދުވެސް އެ ކުއާޓަރުގައި އިތުރުވި ކަމަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News