Feb 27, 2021
190 Views
Comments Off on ފުރަތަމަ އެކްސިޑެންޓުން ސަލާމަތްވީ ކިރިޔާ، ދެ ވަނަ އެކްސިޑެންޓުގައި މަރު
0 0

ފުރަތަމަ އެކްސިޑެންޓުން ސަލާމަތްވީ ކިރިޔާ، ދެ ވަނަ އެކްސިޑެންޓުގައި މަރު

Written by

އޮކްޓޯބަރު 5، 2017 ގައި އަހުމަދު މުތީއު ދުއްވި ސައިކަލް ކާރެއްގައި ޖެހި ވީ ނުރައްކާތެރި އެކްސިޑެންޓުން އޭނާ ސަލާމަތްވީ، އޭޑީކޭ ހޮސްޕިޓަލުގައި ކުރި ބޮޑެތި އޮފަރޭޝަންތަކަށް ފަހު، ކިރިޔާ އެވެ. ފުއްޕާމެއަށް ލިބުނު ގެއްލުންތަކުގައި އޭނާގެ ހާލު ދަށްވެ، ހަތަރު ދުވަހު ވެންޓިލޭޓަރުގައި ވެސް ބޭއްވި އެވެ.

އެކަމަކު މުތީއު އަށާއި އާއިލާއަށް އަދި އޭޑީކޭގެ ޑޮކްޓަރުންނަށް ވެސް އުފާވެރިކަން ގެނެސްދިނީ، އެހާ ބޮޑު ގެއްލުމެއް ލިބި، ނުރައްކަލުގައި އޮތް ޒުވާނާގެ ފުރާނަ ސަލާމަތްވެ، ރަނގަޅު ހާލަތުގައި ދޫކޮށްލެވުމުންނެވެ.
އެކަމަކު މިއަދު އެ ހުރިހާ އުފަލެއް، ހަމަ ކުއްލިއަކަށް، އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓްގައި، ނިމިދިޔައީ އެވެ.
އުމުރުން 24 އަހަރުގެ މުތީއު މަރުވީ، އަނެއްކާވެސް ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭނާ އިން ކާރު ފުނޑި، އެއިން ނެރެވޭނެ ގޮތެއް ވެސް ނުވެ، އެތައް އިރެއް ވީ ފަހުންނެވެ. މުތީއުއާ އެކު އެހެން ޒުވާނެއް ކަމަށް ވާ އަލީ އާމިލް އަހުމަދު، 19. ވެސް ވަނީ މަރުވެފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން، އުމުރުން 20 އަހަރުގައި މުތީއު ފުވައްމުލަކުގައި އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލް ކާރެއްގައި ޖެހިގެންނެވެ. އެފަހަރު އޭނާގެ ފުއްޕާމެއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ އިތުރުން ވާތު ކޮނޑު ހުޅާއި ވާތު ފައި ވެސް ބިނދުނެވެ. އަދި ކަނާތު ކޮނޑު ހުޅަށް ވެސް އަނިޔާވި އެވެ.
އިމަޖެންސީގައި މާލެ ގެނައިއިރު އާއިލާ އިން ވެސް ހީކުރީ ކޮނޑު ހުޅާއި ފަޔަށް އަނިޔާވުން ފިޔަވައި އެހެން ގެއްލުމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ފުއްޕާމޭގައި ލޭގަނޑުވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބެ އެވެ.
“އެންމެ ފުރަތަމަ ވެންޓިލޭޓަރަށް ލީ ދުވަހު ވެސް އަޅުގަނޑާއި އައިސީޔޫ ސުޕެޝަލިސްޓާ ހީކޮށްގެން ތިބީ ވެންޓިލޭޓާއިން ނެގުމަކީ ނުވަތަ ނެގޭނީ ކޮން ދުވަހަކުން ކަމެއް ނޭނގެޔޭ. ޕޭޝަންޓް ކޮންމެ ވަގުތެއްގައި ވެސް ނިޔާވެދާނެ ކަމުގެ ބިރު މަތީގައި ދެ ރޭ ވެސް އަޅުގަނޑުމެން ތިބީ،” މުތީއުއަށް ފަރުވާ ދިން ޓީމުގައި އިސްކޮށް ހުންނެވި ކަށީގެ ޑޮކްޓަރު މުހައްމަދު މިޝްވާރު އަޝްފާގް، އޭރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ބިނދިފައި ހުރި ތަންތަނަށް ފަރުވާކުރަން އޮޕަރޭޝަނާ ހަމައަށް ގެންދެވުނީ އޭޑީކޭގައި އޮންނަތާ ހަފުތާއެއް ފަހުންނެވެ. އެކަމަކު މުތީއު ސަލާމަތްވި އެވެ.
އެހާ ހާލު ދެރަކޮށް އޮތް ބަލިމީހަކަށް ފަރުވާކޮށް ހޮސްޕިޓަލުން ދޫކޮށްލެވުމަކީ، އޭޑީކޭއިން ވެސް އޭރު ދުށް ގޮތުގައި ސިއްހީ ހިދުމަތުގެ މުހިއްމު ދުވަހެކެވެ.
ހޮސްޕިޓަލްގައި އޮވެ ރަނގަޅުވަމުން އައި އިރު މުތީއު އާއި އޭނާގެ މަންމަ ހައްވާ މޫސާ ވެސް، އުފާވެރިކަމާ އެކު “މިހާރު”އާ ވާހަކަ ދެއްކި އެވެ.
އެކަމަކު މިއަދު މުތީއުގެ މުޅި އާއިލާ އާއި މުޅި ފުއްމުލަކަށް ކުރިމަތިވީ ހަނދާނުން ފިލައިގެން ނުދާނެ ހިތާމަވެރި ޚަބަރެކެވެ. މުތީއު އިން ކާރު އެކްސިޑެންޓްވެ އޭނާ އާއި އިތުރު ޒުވާނެއްގެ ފުރާނަ ގެއްލުނީ އެވެ.

Source link

Article Categories:
News

Comments are closed.