ތިމާ ﷲ ތައާލާގެ ރަޙްމަތުގައިވާހިނދު ﷲ ތަޢާލާގެމަތިން މަތިން ހަނދުމަކުރާ މީހަކަށް ދަތިޙާލަތެއް ކުރިމަތިވުމުން އެމީހާގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެކަމަށް އޮތް ޙަދީޘްބަސްފުޅުގެ މާނަ ބައެއް މީހުން އެބަ އޮޅުވައިލައެވެ. އެމީހުން ދެކޭގޮތުގައި ރަޙްމަތުގައި ހުރިއިރު ﷲ ތައާލާގެ މަތިން ހަނދުމަނުކުރާ މީހާއަށް ކަމެއް ޖެހިގެން ﷲ ތަޢާލާ ހަނދުމަކުރުމުން ކުރާނެ ފައިދާއެއް ނެތެވެ. ފުރުޞަތު އެވަނީ ގެއްލިފައެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲގެ މަތިން ހަނދުމަކުރުމުން އެމީހާގެމަތިން ތިމަން ﷲ ހަނދުމަފުޅުކުރައްވަވާނެކަމަށެވެ. އަދި ޝުކުރުވެރިވުމަށާއި ކާފިރު ނުވުމަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion